އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕްގެ ރިޔާސީ އާ ހެލިކޮޕްޓަރު "މެރިން ވަން" އާ ވާޝަންއެއް މިއަދު ދައްކާލަން ހަމަޖެއްހިއްޖެއެވެ.

އެމެރިކާ ސަރުކާރުގެ ދެ އޮފިޝަލަކާއި ހަވަލާދީ ރިޕޯޓްތަށް ބުނާ ގޮތުގައި "މެރިން ވަން" ގެ އާ ވާޝަން 530 މިލިއަން ޑޮލަރުގެ ކޮންޓްރެޓް ހަވާލުކޮށްފައިވަނީ ލޮކް ހީޑް މާޓިން ކިޔާ ކުންފުންޏަކަށެވެ.

މިއަދު "މެރިން ވަން" ގެ އާ ހެލިކޮޕްޓަރު މި ދައްކާލަނީ އެމެރިކާގެ ޖުމްހޫރީ ދުވަހާއި ގުޅުވައިގެން ބާއްވާ ރަސްމިޔާތުގައެވެ.

އަލަށް އުފެއްދި ހެލިކޮޕްޓަރުގެ ވާޝަންގެ ނަމަކީ VH - 92 އެވެ. މީގެ 6 ހެލިކޮޕްޓަރު މިހާރު ދަނީ އުފައްދާ ނިމެމުންނެވެ.

އެމެރިކާގެ ރައީސް ދަތުރު ކުރައްވާ މެރިން ވަން އަކީ ހަމައެކަނި ހެލިކޮޕްޓަރެއް ނޫނެވެ. މި އުޅަދުގައި އެތައް ކަމެއް ފުރިހަމަ އެވެ. މެރިން ވަންގެ އިތުރުން އެއާފޯސް ވަންގެ ނަމުގައި މަތިންދާ 2 ބޯޓް އެމެރިކާގެ ރައީސް އަށް ހާއްސަ ކުރެވިފައިވެއެވެ.

މިހާރު ބޭނުން ކުރާ އެއާ ފޯސްވަން ހިދުމަތަށް ނެެރެފައި ވަނީ 1990 ގެ އަހަރުތަކުގަ އެވެ. އެހެންވެ އެމެރިކާގެ އަސްކަރިއްޔާ އިން 2016 ވަނަ އަހަރު ވަނީ ބޯއިން 747-8 ގެ އާ ބޯޓަކަށް އޯޑަރު ދީފަ އެވެ. އެއާ ފޯސް ވަން އޮޕަރޭޓް ކުރުމަށް ގަޑިއަކު 200000 ޑޮލަރު ޚަރަދުވެ އެވެ.

ކިޔުންތެރިންގެ ހިޔާލު