އަވައްޓެރި ސްރީލަންކާގައި ކޭބަލް ކާރު ސިސްޓަމެއް ޤާއިމް ކުރުމަށް ތައްޔާރުވެއްޖެއެވެ.

މިކަން ހާމަކޮށް ލަންކާގެ ކަމާއި ބެހޭ ފަރާތްތަކުން ނޫސްތަކުގައި ބުނެފައިވަނީ، ކޭބަލް ކާރު ސިސްޓަމް ޤާއިމްކޮށް، ކޭބަލް ކާރުން ގުޅުވާލަން ނިންމާފައިވަނީ އެޤައުމުގެ ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެއް ކަމަށްވާ ނުވަރައެލިޔާ އިން ނާނޫ އޮޔާ ރެއިލްވޭ ސްޓޭޝަން އަދި "ސިންގަލް ޓްރީ ހިލް" އަށް ކަމަށެވެ.

21 ތަނބު ބަހައްޓައިގެން ތަރައްޤީކުރާ ޒަމާނީ ފެންވަރުގެ މި ކޭބަލް ކާރު ސިސްޓަމްގައި 43 ކާރު ބޭނުންކުރާނެ ކަމަށް ލަންކާގެ ޕްލާންޓޭޝަން އިންޑަސްޓްރީ މިނިސްޓްރީން ބުނެފައި ވެއެވެ. އެ މިނިސްޓްރީން ބުނެފައިވާގޮތުގައި، މިއިން ކޮންމެ ކާރެއްގައި ދިހަ ފަސެންޖަރުންނަށް އެއްފަހަރާ ދަތުރު ކުރެވޭނެއެވެ.

ލަންކާގެ ޕްލާންޓޭޝަން އިންޑަސްޓްރީސް މިނިސްޓަރ، ނަވީން ދިއްސަނަޔަކާ ވިދާޅުވިގޮތުގައި މި ޕްރޮޖެކްޓު ލޯންޗު ކުރުމަށް 50 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 9 ބިލިއަން ލަންކާ ރުޕީސް ޚަރަދު ވާނެއެވެ. މި ސިސްޓަމްގެ މަސައްކަތް ހަވާލު ކުރުމަށް ނިންމާފައި ވަނީ، ލަންކާގެ އައުޓްޑޯ އިންޖިނިއަރިންގް ނަމަކަށްކިޔާ ކުންފުންޏަކާއި، އޮސްޓްރޭލިއާގެ، ކޭބަލް ކާރު ސިސްޓަމް އިސްޓޯލް ކުރުމުގެ ތަޖުރިބާކާރު ކުންފުނި، ޑޮޕެލްމެއާ ކޭބަލް ކާރ ލިމިޓެޑާއެވެ.

މިއީ ލަންކާގައި ކޭބަލް ކާރު ސިސްޓަމެއް ޤާއިމް ކުރާ ފުރަތަމަ ފަހަރެވެ. ދަތުރުފަތުރުގެ ދަތިކަން، ޚާއްސަކޮށް ފަރުބަދަމަތީ ސަރަޙައްދުތަކުގައި ބޮޑު ލަންކާގައި މިފަދަ އިތުރު ޕްރޮޖެކްޓުތައް ކުރިޔަށް އޮތްތަނުގައިވެސް ހިންގުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖާބިރު

    ކޮބާ ހީވޭ ކަމެއްހެން، އެންމެ ފަހުން ޖާބިރު ދެއްކި ވާހަކަ ގަބޫލު ކޮށް ލަންކާއިން އުޅެނީ ކޭބަލްް ކާރު ސިސްޓަމެއް ގާއިމް ކުރަން !! އެހެންވެގެންނޭ މި ކިޔަނީ ޖާބިރު ވަރެއް ނެތޭ!! ????

    12
    8