އިންޑިއާ އުައްތަރްޕްރަދޭޝްގައި ކިޑްނެޕްކޮށްގެން ގެންދިޔަ އަންހެނަކު ރޭޕް ކުރި މައްސަލަ ފުލުހަށް އެންގި، ކުށެއް ނެތް ފިރިމީހާއަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އެ ހާދިސާއަށް ފަހު އެ ފިރިހެން މީހާއަށް އަނިޔާކުރި ދެ ފުލުހުން މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ބިޗްވަން ޕޮލިސް ސްޓޭޝަންއަށް ގުޅަަައި އެ ފިރިހެން މީހާ މައްސަަލަ ހުށަހެޅީ އޭނާއާއެކު އަނބިމީހާ ޓުކްޓުކްއެއްގައި ދަނިކޮށް އޭނާގެ މޫނަށް ސްޕްރޭ ޖެހުމަށްފަހު އަންހެން މީހާ ގެންދިޔަ މައްސަލަ އެވެ.
ރިޕޯޓްތައް ބުނާގޮތުގައި އެ ދެމީހުންނާއި ކުރިމަތިލީ ކާރެއްގައި އައި ތިން މީހެކެވެ.
އެ މީހުން އައިސް އެ އަންހެން މިހާ ކިޑްނެޕްކޮށްގެން ގެންގޮސް އެ އަންހެން މީހާ ރޭޕްކުރިއެވެ. އޭނާ ކިޑްނެޕްކޮށްގެން ގެންދިޔައީ ފިރިހެން މީހާގެ ލޮލުން ތަންތަން ނުފެންނަ ސްޕްރޭއެއް ޖެހުމަށްފަހުއެވެ.
އެ ފިރިހެން މީހާ ފަހުން ރަނގަޅުވެގެން ފުލުހުންނަށް ގުޅުމުން ފުލުހުން އައިސް އެ މީހާއަށް އަނިޔާކުރީ އެއީ ތެދުނޫން ރިޕޯޓެއް ކަމަށް ބުނެއެވެ.
ފުލުހުން އެ ފިރިހެން މީހާގެ ދެ އިނގިލިވެސް ބިންދާލިއެވެ.
އެންމެ ފަހުން އެ މައްސަލަ ފުލުހަށް ހުށަހެޅި ރޭޕްގެ ޝިކާރައަކަށްވި އެ އަންހެން މީހާއެވެ.
އެ މީހާގެ ވާހަކަތަަކަށް ބަލްްްއި އެ މައްސަލާގެ އިހުމާލުވި ދެ ފުލުހުން ވަނީ ސަސްޕެންޑްކޮށްފައެވެ.
ތިޔަ ސަސްޕެންޝަނެއް މިހާރު ބޮޑުވަނީ މި އިނގޭ. ކޮންމެ ފަދަ ކަމެއްކުރިޔަސް ސަސްޕެންޝަން. ބަރާބަރަށް މުސާރަ ލިބޭ.