އިންޑިއާގެ ކޮންގްރެސް ޕާޓީ ގަވާއިދުގެ ދަށުން ރޭޕް ކުރުން ނުހުއްޓުވޭނެ ކަމަށް ރަޖަސްތާނުގެ ކުރީގެ މިނިސްޓަރ ކަލީ ޗަރަން ސަރަފް ބުނެފިއެވެ.

އޭނާ މިގޮތަށް ބުނީ، މިދިޔަ ހޮނިހިރު ދުވަހު އޮތް ބީޖޭޕީ މެންބަރޝިޕް ޑްރައިވްގައި ވާހަކަދައްކަމުންނެވެ. އޭނާ ބުނީ، މިހާރު ރަޖަސްތާނުގެ ޗީފް މިނިސްޓަރ އަޝޯކް ގެހްލޮޓްގެ ސަރުކާރުގައި، އެ ސްޓޭޓްގައި ރޭޕްގެ މައްސަލަތައް 87 ޕަސެންޓަށް އިތުރުވެފައިވާކަމަށެވެ.

ގެހްލޮޓްއަކީ ކޮންގްރެސް ޕާޓީއަށް ނިސްބަތްވާ ސިޔާސީ މީހެކެވެ. އަދި އޭނާއަކީ އެ ޕާޓީގެ ނޭޝަނަލް އެސްޖީވެސް މެއެވެ.

ކުރީގެ މިނިސްޓަރ ކަލީ ޗަރަން ގުނީ ކޮންގްެރެސް ގަވާއިދުގެ ދަށުން ރަޖަސްތާނުގައި ރޭޕްގެ މައްސަލަތައް ނުހުއްޓުވޭނެކަމަށްވެސް އޭނާ ބުންޏެވެ.

"މިހާރުވެސް ރަޖަސްތާނުގައި ރޭޕްގެ މައްސަލަތައް 87 ޕަސެންޓަށް ވަނީ އިތުރުވެފައި، އަދި މިކަން ކަންބޮޑުވާން ޖެހޭ ވަރަށް ވަނީ އިތުރުވެފައި". ކަލީ ޗަރަން ބުންޏެވެ.

އޭނާ މިގޮތަށް ބުނިއިރު، މީގެ ހަފްތާއެއް ކުރިން ޖައިޕޫރްގައި ވަނީ އުމުރުން އަށް އަހަރުގެ ކުއްޖަކު ރޭޕްކޮށްފައެވެ. އެ ކުއްޖާ ރޭޕްކުރި މައްސަލާގައި އިންސާފު ހޯދުމަށް ފުލުހަށްވެސް މައްސަލަވެސް ހުށަހަޅާފައެެވެ.