ކެރީބިއަންގެ ޕޯޓްރިކޯ ބޭރުން އެމެރިކާގެ ބޯޑާ ޕެޓްރޯލް އެޖެންޓުން ހިފި ބޯޓެއްގެ ތެރެއިން 4 މިލިއަން ޑޮލަރު ފެނިއްޖެ އެވެ.

މިދިޔަ އާދިއްތަ ދުވަހު އެމެރިކާގެ ކަސްޓަމްސް އަދި ބޯޑާ ޕްރޮޓެކްޝަން އެޖެންޓުނަށް ކެރީބިއަން ކަނޑުން އެއްވެސް ލައިޓެއް ނެތި ދަތުރު ކުރަމުން ދިޔަ ބޯޓެއް ފެނި ޝައްކުވެގެން ބޯޓާއި ދިމާލަށް ދިޔުމުން ވަނީ ކަސްޓަމްސް އަދި ބޯޑާ ޕްރޮޓެކްޝަން އެޖެންޓުންގެ އެންގުމަށް މަޑު ނުކޮށް ބާރު ސްޕީޑުގައި ދަތުރު ކޮށްފަ އެވެ.

ކަސްޓަމްސް އަދި ބޯޑާ ޕްރޮޓެކްޝަން އެޖެންޓުން ވަނީ މި ބޯޓް ފަހަތުން ގޮސް ބޯޓް އަތުލާފަ އެވެ. ނަމަވެސް ބޯޓުގެ ތިބި އެންމެން ވަނީ ފިލާފަ އެވެ.

ބޯޓުގެ ތެރެއިން 4 މިލިއަން ޑޮލަރާއި އެކު ހަތިޔާރު ވަނީ ފެނިފައެވެ. މިއީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބަޔަކު ގަވާއިދާ ހިލާފަށް އެމެރިކާގެ ވާޖިން އައިލެންޑްސް އަށް އެތެރެކުރަން އުޅުނު ފައިސާ ކަމަށް ވަނީ ބެލެވިފަ އެވެ.

ކެރީބިއަން ހިމެނޭ ސަރަހައްދަކީ މަސްތުވާތަކެތީގެ ބާވަތްތައް ކަމަށްވާ ކޮކޭން އާއި ހެރޮއިން ފަދަ އެއްޗެހި ދުނިޔޭގެ އެކި ހިސާބުތަކަށް ފޮނުވުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ސަރަހައްދެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖެކްސްޕެރޯ

    ހޭ އިޓްސްމައިން. އައިލެފްޓް އިޓް ވެންޓް ފައިންޑް ދަ ޕީނަޓް

  2. ތޮށިބާ

    އަދި މިރާއްޖޭގައި ވެސް ތިކަހަލަ ބޯޓް ފަހަރު ފެނުން ވަރަށް ގާތް. ރާއްޖެ ޕޮލިސްގެ ޑީއީޑީ މީހުންގެ ބާރު ކަނޑާ ލީ ތިކަހަލަ ޖަރީމާ ޖައްސަން ކަން ކަށަވަރު، ޑީލް ކުރާ ބޮންދެއްގެ ހައްގު އިސް ވެއްޖެ ކަން އެންމެނަަށް ފެނިއްޖެ

    22
    2
  3. އުގޫފާރު މީހާ

    އަލްހަމްދުލިއްލާހި