އެމެެރިކާގެ ރައީސް ޑޮނާލްޑް ޓްރަންޕް އަށް ޓްވިޓަރ ގައި މީހުން ބްލޮކް ނުކުރުވޭނެ ކަމަށް އެ ޤައުމުގެ މަތީ ކޯޓަކުން ނިންމައިފިއެވެ.

އެމެރިކާގެ އެޕީލް ކޯޓުން މިގޮތަށް ނިންީ މިދިޔަ އަހަރު ދަށު ކޯޓުން ނިންމި ނިންމުން އިސްތިޢުނާފް ކުރުމުންނެވެ.

މިިދިޔަ އަހަރު ޓްރަންޕްވަނީ ޓްވިޓަރ އިން ބައެއް މީހުން ބްލޮކްކޮށްފައެވެ.

ކޯޓުންކޮށްފައިވާ އަމުރުގައި ބުނެފައިވަނީ ވަކި ބައެއް ބާކީކޮށް ޤައުމު ނުހިންގޭނެ ކަމަށެވެ.

ޓްރަންޕަށް މިފަދަ އަމުރެއްކޮށްފައިވާއިރު، ޓްރަންޕް ފާހަގަ ކުރެވިފައިވަނީ ޓްވިޓަރގައި ވަރަށް އެކްޓިވް ބޭފުޅެއްގެ ގޮތުގައެވެ. މިގޮތުން ޓްރަންޕަކީ އެމެރުކާގައި މިހާތަނަށް އަމިއްލަފުޅަށް ޓްވިޓަރ ހޭންޑަލް ކުރައްވާ ހަމައެކަނި ރައީސްކަން ފާހަގަކޮށްލެވެއެވެ.