ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތައުލީމު ހޯދާނެ މަދަރުސާއެއް ނެތި އެތަށް ދަރިވަރަކު އެބަ ތިއްބެއެވެ.

ނަމަވެސް މިފަހަރު މިވީ މިއާއި އިދިކޮޅަށެވެ. އިންޑިއާގެ ސްޓޭޓެއް ކަމަށްވާ އަނޫރާޗަލް ޕްރަދޭޝް ގައި 596 ސްކޫލެއް ހުރީ ހުކަށެވެ. ވަންނާނެ ދަރިވަރަކު ނެތިއެވެ.

މި މައްސަލަ މިހާރު ވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފައެވެ.

އިންޑިއާއާއި ޗައިނާ ގުޅޭ ބޯޑަރުގައި އޮންނަ އަނޫރާޗަލް ސްޓޭޓަކީ ޗަައިނާއިން ވެސް މިލްވެރިކަން ހޯދަން އުޅޭ ސްޓޭޓެކެވެ.

މި ސަބަބާއި ހުރެ ހަމަ ނުޖެހުން ބޮޑުވެ ގިނަ ދަރިވަރުން މަދަރުސާ ތަކަށް ކިޔަވަން ނުދެއެވެ.

ކޯޅުން އިތުރުވެ ދާދި ފަހުން ޗައިނާއިން ވަނީ އަނޫރާޗަލްގައި ޗައިނާއިން ބަލަހައްޓާ ފަޅީގައި ހުރި ބުޑިސްޓު ފައްޅިތަކަށް އިންޑިއާ މީހުން ދިއުން ހުއްޓުވާފަ އެވެ.

ބޯޑަރުގެ މައްސަލާގައި ޗައިނާއާއި އިންޑިއާ ރަސްމީކޮށް ހަނގުރާމަކޮށްފައިވަނީ 1967 ގައެވެ.