ވެސްޓް ޖާމަނީގެ އަވަށެއްގައި 5 ކުޑަކުދިން ވެގެން ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕް ކޮށްލައިފިއެވެ.

އުމުރުން 12-14 އަހަރުގެ ކުދިން ހިމެނޭ މި ގޭންގުން ރޭޕް ކޮށްލާފައި ވަނީ ސިކުނޑި ހަމަ ނުޖެހޭ، އުމުރުން 18 އަހަރުގެ އަންހެނެކެވެ. މިކަން ކުރުމަށްޓަކައި އެތަނުން 3 ކުއްޖަކު ވަނީ އެ އަންހެން ކުއްޖާ ކައިރީ ޕާކަށް ދާން ކަމަށް ބުނެ ހައްލުވައިގެން އެތަނަށް ގެސްގޮސްފައެވެ. އެހިސާބުން ބާކީ ތިބި 2 ކުދިން އެއްފަހަރާ އެ އަންހެން މީހާއަށް ހަމަލާ ދީ، ގަސްތަކެއްގެ ތެރެއަށް ވައްދައި ވަނީ ރޭޕް ކޮށްލާފައެވެ.

ރޭޕް ކުރި މަންޒަރު އެކުދިންގެ ފޯނުން ވީޑިއޯ ވެސް ކޮށްފައިވާއިރު، އެ ހިސާބުގައި އުޅޭ ކުއްތާތައް އެގަޑީގައި އާދަޔާ ހިލާފަށް ގޮވަން ފެށުމުން، މުސްކުޅި ފިރިހެނަކު ވަނީ އޭނާގެ ކުއްތާ ގޮވައިގެން ބޭރަށް ނިކުމެ، އެ ދިމާއަށް ގޮސްފައެވެ.

އެ މީހާ ފެނުމާއި އެކު އެކަން ކުރަން ތިބި 2 ކުދިން ވަގުތުން ފިލި ނަމަވެސް، ފުލުހުން ވަނީ އެ 5 ކުދިން ވެސް އެމީހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އެކަމަކު ޖަރުމަނުގެ ގާނުނު އޮންނަ ގޮތުން 12 އަހަރުން ދަށުގެ ކުދިން ހައްޔަރުކޮށް، ދައުވާއެއް ނުކުރެވޭނެއެވެ. އެހެން ކަމުން އެ ގައުމުގެ ފުލުހުން ބުނެފައި ވަނީ މި ކޭސް ހައްލު ކުރެވޭނެހެން ހީނުވާކަމަށެވެ.