އިސްރާއީލުގެ އަސްކަރީ ބޯޓްތަށް އޮތީ އީރާނަށް ފޯރާ ހިސާބުގައި ކަމަށް ބުނެ އިސްރާއީލުގެ ބޮޑު ވަޒީރު ނަތަންޔާހޫ އީރާނަށް އިންޒާރު ދީފިއެވެ.

އިސްރާއީލުން މި އިންޒާރު ދިނީ އިސްރާއީކުގެ އެކުވެރި އެމެރިކާގެ ގުޅުން އީރާނާއި އެކު ގޯސްވެ ހަގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށެވެ.

އިސްރާއީލުގެ ފ 35 ގެ ޖެޓް ތަކަޖީ މެދުއިރުމަތީގެ ކޮންމެ ތަނަކަށް ޚާއްސަކޮށް، އީރާނާ ހަމައަށް ފޯރާނެ ބޯޓުތަކެއް ކަމަށް ނަތަޔަންޔާހޫ ވަނީ ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައެވެ.

އީރާނުން ޔުރޭނިއަމް ފައްކާކުރަން ފެށުމުން ނަތަންޔާހޫ ވަނީ އެއީ އީރާނުން އަޅާ ވަރަށް ނުރައްކާ ފިޔަވަޅެއް ކަމަށް ބުނެ އީރާނުން އެއްބަސްވުމަށް ބޯލެބުމަށް ބުނެފައެވެ.

އެމެރިކާއިން އީރާނަށް ކޮންމެވެސް ބަހަނާއެއް ދައްކައުގެން އަރައިގަންނަން އުޅަެއިރު އީރާނުން ދާދި ފަހުން ވަނީ އެގައުމުގެ ވައިގެ ސަރަހައްދަށް ވަން އެމެރިކާގެ ޑްރޯން އެއްވެސް ވައްޓާލާފައެވެ. މި ހަމަލާގެ ރައްދުގައި އެމެރިކާގެ ރައީސް ޓްރަންޕް ވަނީ އީރާނަށް ހަމަލާދިނުމަށް ހުއްދަ ދިނުމަށް ފަހު އެނިންމުން ފަހުން ބަދަލު ކޮށްފައެވެ.

ފާއިތުވެދިޔަ ހަ ހަފްތާގައި ގަލްފް ކަނޑު އޮޅީގައި ވަނީ ގިނަ އަދަދެއްގެ ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފައެވެ. އެމެރިކާައިން ބުނަނީ މި ހަމަލާތަކުގެ ފަހަތުގައި ވަނީ އީރާން ކަމަށެވެ. ނަމަވެސް އީރާނުން މިކަން ދޮގުކުރެއެވެ.

އީރާއިން އިން ބުނީ މިއީ ކޮންމެ ވެސް ކަމެއް އީރާނުގެ ބޮލުގައި އަޅުވައިގެން އީރާނަށް ހަމަލާ ދިނުމަށް އެމެރިކާއިން ރާވާ ރޭވުމެއް ކަމަށް ބުނެފައެވެ.