ނިރުބަވެރި ޖަމާޢަތް އަލްގައިދާ އިން އަވަޓެއްރި އިންޑިއާއަަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.

އަލްގައިދާގެ ނިރުބަވެރި ގުރޫޕުގެ އިސް ލީޑަރު އައިމަން އަލް ޒަވާހިރީ އާންމު ކުރި ވީޑިއޯ މެސެޖެއްގައި ވަނީ ކަޝްމީރުގައި ތިބި އެ ޖަމާއަތުގެ މެމްބަރުން އިންޑިއާގެ މަސްލަހަތު ހިމެނޭ ތަންތަނަށް ހަމަލާ ދިނުމަށް އެދިފަ އެވެ.

މީގެއިތުރުން ކަޝްމީރު މައްސަލާގައި ޕާކިސްތާނަަށް މިހާރު އިތުބާރު ނުކުރެވޭ ކަމަށާއި އެއީ އެމެރިކާގެ ޕަޕެޓުން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އަލްގައިދާ އިން އިންޑިއާއަށް އިންޒާރު ދިން އިރު އިންޑިއާގެ އެތެރޭގައި އަލްގައިދާގެ ސަބްކޮންޓިނެންޓް ނިރުބަވެރި ޖަމާއަތެއް ހަރަކާތްތެރި ވެއެވެ.

ކަޝްމީރުގެ އިންޑިއާ ކޮންޓްރޯލް ކުރާ ސަރަހައްދުގައި އިންޑިއާ ސަރުކާރާއި ދެކޮޅަށް ހަނގުރާމަކުރާ ހަނގުރާމަވެރިންގެ ތެރެއިން އިންޑިއާ ސަރުކާރުން އެންމެ ބޮޑަށް އަތުލައިގަތުމަށް ބޭނުންވާ ޒާކިރު މޫސާ އިންޑިއާ ސިފައިން ވަނީ މަރާލާފަ އެވެ.

ޒާކިރު މޫސާއަކީ ކަޝްމީރުގައި ހަރަކާތްތެރިވާ އަލްގައިދާ އަށް ވާގިދޭ އަންސަރް ގަޒްވަތް އަލް ހިންދު ގުރޫޕުގެ ލީޑަރެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކިރުބަވެރި

    ގެރި ހިމާޔަތޭ ކިޔައިން މީހުން މަރަނީ ނިރުބަވެރިންނެއް ނޫންބާ!

    66
    2
  2. ބަބުރު

    ޓެރަރިޒަމްގެ ހަގީގީ މާނަ ދުނިޔޭގެ ބޮޑެތި ބާރުތަކުން މިހާރު ވަނީ އާންމުންނަށް އޮޅުވާލާފައި. މިހާރު ދުނިޔޭގެ ގިނަބަޔަކު ގަބޫލު ކުރާ ގޮތުގައި ޓެރަރިޒަމްގެ އަމަލެއް ހިންގައިގެން ކުށްވެރިވާ މީހާ ޓެރަރިސްޓަކަށް ވާނީ އެމީހާއަކީ މުސްލިމަކަށް ވާނަމަ. އެކަމަކު ކާފަރަކު އެފަދަ އަމަލެއް ހިންގައިގެން ކުށްވެރިވެއްޖެނަމަ އެކާފަރު ކަލޭގެ ވާނީ ކޮންމެވެސް ބޯހަމަނުޖެހޭ ނަފްސާނީ ބައްޔެއް ތަހައްމަލު ކުރަމުންދާ މީހަކަށް. ކޮންމެއަކަސް މިއީ އިސްލާމްދީނުގެ ފުރިހަމަ ކަމާއި ރިވެތި އުސޫލުތައްފެނި ގިނަބަޔަކު އިސްލާމްދީން ގަބޫލު ކުރަމުންދާތީ، މިކާފަރުންތަކަށް އެކަންކަން ހަޖަމުނުކުރެވި، ހަސަދަވެރިވާހާލު ދުނިޔެއިން އިސްލާމްދީން ނައްތާލަން ނުވަތަ މުސްލިމުން ފޮހެލަން ބޭނުންކުރާ މަކަރުވެރި އުކުޅެއް. ހިތާމައަކީ، މިކާފަރުންގެ ބަހަށް ދުނިޔޭގެ މުސްލިމުންގެ ގިނަ ބަޔަކު ހެއްލެމުން ދާތީ. އަދި ތަންދޮރު ނުދަންނަ ބައެއް މުސްލިމުންވެސް ނިރުބަވެރިންނާ ގުޅި އެފަދަ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ ހިތްވަރުދޭތީ.

    63
    4
    • އަހުމަދު

      ހެޔޮކޮށް.....

      13
      1
  3. ވީޑިޔޯ

    އަލްޤައިދާގެ ވީޑިޔޯ ހަދާނީ އިގިރޭސި ކުންފުނިތަކުން ޚަރަދުކުރާނީ އަދި ނެރޭނީވެސް އެމެރިކާސަރުކާރުން. އެކަންކުރާކަމެއް އަލްޤައިދާމީހުންނަކަށް ނޭގޭނެ. މީ ދުނިޔޭގަ ފިތުނަ އުފަށްދާ އެހެންމީނަށް ބިރުދައްކަށް އިސްލާމުންނަށް ނަފްރަތު އުފެއްދުމަށް ކުރާކަމެއް.

    23
    5
    • ދަންޑަހެލު

      ކަލޭ 80 ގެ އަހަރުތަކުގައި އުޅުނަސް ބޮޑުވަރު ކަލޭނޭ.... އެމެރިކާގެ އިކޮނޮމީ އެހެރަ އިނދަ ޖެހުނީ އަލްގައިދާގެ އެންމެ ލީޑަރެއް ހޯދަން އުޅެ ، ހަންބޭލުނުފަހުން އެކަންވެސްވީ... ޑޮކިޔުމެންޓްރީތައް ބަލައި ދިރާސާކޮށްބަލަ... ދުނިޔެއަށް ހޭލަބަލަ ، އަލްގައިދާ އެއީ މިއަދުގެ ސުޕަރޕަވަރތައް ހޭބަލިކޮށްލި ވަރުގަދަ އިސްލާމީ ލަޝްކަރެއް ، ކަލޭ ކިތަންމެ ފިތުނަސް މިހެންބުނީމަ...

      6
      1
      • .....

        ވަގުތުން އަލްގައިދާ އަށް ނިރުބަވެރިންނޭ ބުނީމަ ލަދުގަނޭ....
        މައްސަލަ އެއްނެތް...ވަގުތުން ދެން ދައްކާލަ ދީބަލަ ހައްގު ބައިގަނޑު އަހަރެމެންނަށް...
        އިސްލާމްދީނަށް ނަސްރުދީ މަތިވެރި ކުރާބަޔަކު ނުވާނެ ހަމަ ގައިމު ނިރުބަވެރިންނަކަށް...

        4
        1
  4. ޙަސަނު

    ޙަޤީޤީ ޓެރަރިސްޓުންނަކީ އިޒްރޭލް ، އެމެރިކާ ، އިނގިރޭސިވިލާތް ، އިންޑިއާ

    47
    2