ކޮޅިގަނޑެއް ބާރުގަދަ ތޫފާނަކަށް ބަދަލުވުމާއި ގުޅިގެން އެމެރިކާގެ ލޫއުޒިޔާނާ ގައި ކުއްލި ހާލަތު އިއުލާން ކޮށްފިއެވެ.
ރިޕޯޓްތަށް ބުނާގޮތުން ގަލް އޮފް މެކްސިކޯގައި މިހާރު އުފެދިފައިވާ ކޮޅިގަނޑު ވަނީ ކެޓެގަރީ އެކެއްގެ ތޫފާނަކަށް ބަދަލުވެފައެވެ.
ތޫފާނާއި ގުޅިގެން ކުރަމުންދާ ވިއްސާރާގައި ނިއުއޯލިއަންސްގެ ބޮޑު ސަރަހައްދެއްގައި މިހާރުވެސް ވަނީ ފެންބޮޑުވެފައެވެ. އަދި މެސިސިޕީ ކޯރު ބަންޑުން ވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.
އެމެރިކާއަށް ބާރުގަދަ ތޫފާނެއްގެ ނުރައްކާ ކުރިމަތިވެފައި މިވަނީ މިދިޔަ އަހަރު އެޤައުމަށް ބާރުގަދަ ތޫފާނެއް އަރާފައި ވަނިކޮށެވެ.
މި މިދިޔަ އަހަރު މެދުތެރޭގައި އެޓްލާންޓިކް ކަނޑުގައި އުފެދުނު އާދަޔާއި ހިލާފް ކޮޅިގަނޑެއް ތޫފާނަކަށް ބަދަލުވެ އެމެރިކާގެ އިރުމަތީ ސަރަޙައްދުތަކަށް ވަނީ އަރާފައެވެ. "ފްލޮރެންސް" ގެ ނަމުން ނަންދީފައިވާ އެ ތޫފާނަކީ މިއަހަރުގެ މިހާތަނަށް އެޓްލާންޓިކް ކަނޑުގައި އުފެދުނު އެންމެ ބާރުގަދަ ތޫފާން ކަމަށް ބެލެވެއެވެ.
މިތޫފާނުގެ ސަބަބުން 350,000 ގެއަކުންވަނީ ކަރަންޓްގެ ޚިދުމަތް ކަނޑައިގެން ގޮސްފައެވެ. މިތޫފަނަކީ 2005 ވަނަ އަހަރުގެ ފަހުން އެމެރިކާއަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ.
އެމެރިކާ ސަރަޙައްދުގައި މިހާރު ދައުރުވަމުންދާ ތޫފާންތަކަކީ ފަހުގެ ތާރީޚެއްގައިވެސް ރެކޯޑު ކުރެވިފައިނުވާހާ ބާރުގަދަ ތޫފާންތަކަކެވެ.
ބިދޭސީންގެ ހުރަހާ މައްސަލަތަކާ ޒިންމާވާންޖެހޭނީ؟ގަދަ 30އަހަރުގެބާނިީ އޭނަކޯޓައް
ހާޒިބރުކޮށް ދިވެހިރައްޔިތުންނަށް ލިބުނުގެއްލުމުގެ...ބަދަލުހޯދައިދިީ.
އައުޓް އޮފް ޓޮޕިކް
ތި ގައްޑާވެގެން އުޅޭ ޓުރަމްޕު ތިބުނާ ދުނިޔޭގެ ސުޕަރ ޕަވަރަށް ވެގެންއުޅޭމީހުން ނިކަން މިކޮޅިގަނޑު ހުއްޓުވަބަލަ!!! އަދިވެސް ތިމާމެންވަރުގެ ބަޔަކު ނެތިގެން ދުނިޔެ ކުޑަކުރަމުންދުވޭ!!!
އެ ކީއްވެތަ ދުނިޔެ ނިމުމުގެ އަލާމާތެކޭ މިއީ ނުބުނަނީ ކަލޭމެން ކުދިން؟
މިހަބަރުތައް ފެނުމުން ބިރުން ހީ ނަގާ..