ދެލައްކަ ދިހަ ހާސް އަހަރުވީ އިންސާނާގެ ބޮލުގެ ނާށިގަނޑުތަކެއް ގްރީސްގެ ހޮހޮޅައަކުން ފެނިއްޖެއެވެ.

ގްރީސްގެ ގްރޭޝިއަން ޕޮއިން ކޭވް އިން ފެނުނު މި ކަށިތަށް ތަހުލީލު ކުރުމުން އެގުނު ގޮތުގައި މި ކަށިތަކަކީ މީގެ 210000 އަހަރު ކުރިން ޔޫރޭޝިއަން ޒަމާނުގައި ދިރިއުޅުނު އިންސާނެއްގެ ކަށިތަކެކެވެ.

މީގެ ކުރިން ވެސް ގްރީސްގެ ހޮހޮޅައަކުން މިފަދަ ކަށިތަކެއް ފެނިފައިވެ އެވެ. މިތާރީޚަކީ އިންސާނުން ޝިކާރަކުރުމާއި އެއްޗެހި ހޮވައިގެން އުޅޭ ދިރިއުޅުމަކުން އެއްތަނެއްގައި ވަޒަންވެރިވެގެން ދިރިއުޅޭ އުޅުމަކަށް ބަދަލުވި ދުވަސްވަރުގެ ތާރީޚެކެވެ.

ސައިންސުވެރިން ލަފާކުރާ ގޮތުގައި މިސަރަހައްދަކީ އިހުޒަމާނުގައި އުޅުނު އިންސާނުން ދާއިމީ ގޮތުން މީހުން އުޅޭ ސަރަހައްދަކަށް ދިއުމުގެ މަގުމަތީގައި ހިޔާވަހިކަން ހޯދަން މަޑުކޮށްލާ ސަރަހައްދެކެވެ.

މިހާތަނަށް އައި އިރު ގްރީސް އިން ވަނީ އިހުޒަމާނުގައި އުޅުނު އިންސާނުންނާ ގުޅޭ 140 އާސާރީ އެއްޗެހި ފެނިފަ އެވެ.

ސައިންސުވެރިން ލަފާކުރާ ގޮތުގައި އިންސާނެއްގެ ބޮލުގެ މި ނާށިގަނޑަކީ މީގެ 200،000 އާއި 700،000 އަހަރާ ދެމެދުގެ އަހަރުތަކެއް ކުރިން އުޅުނު އިންސާނުންގެ ދަރިފަސްކޮޅެއް ކަމަށްވާ ހޯމޯ ހައިޑެލްބާގެންސިސްގެ މީހެއްގެ ބޮލުގެ ނާށިގަނޑެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޖާހިލިއްޔަ

  މިޖެހުނީ އަނެއް މުސީބާތް. އާދަމުގެ ދަރީންނަށް ވުރެން ކުރީގެ މީހެއްގެ ކަށިގަނޑެއް ފެނުނީޔޯ

  13
  21
 2. ސަމީ

  މޮޔަ ވާހަކަ ނުދައްކާ އިންސާނުން ދުނިޔޭގައި ލެއްވިތާ އަދި އެހާ ދުވަހެއް ނުވާނެ ހަމަ ތަނަކުން ކަށްޓެއް ފެއްނަ އިރަށް 1 ބިލިއަން އަހަރޭ 1 ލައްކަ އަހަރޭ ތިޔަ ކިޔަނީ

  25
  27
  • އަހްމަދު

   އެހެންވިއްޔާ ސަމީ ބުނެދޭންވީނު އިންސާނުންދުނިޔޭގައިލެއްވިދުވަސް. އޭރުން އެވާހަކައިގެ މޮޔަކަން އެނގޭނީ. އިސްލާމީތާރީޚް ބުނާގޮތުން އެންމެ ފުރަތަމަ އިންސާނަކީ އާދަމްގެފާނު. އެތައްސަތޭކަ އަހަރެއްވަންދެން ދުނިޔޭގައި ހުންނެވިކަމަށްވޭ. އެއްލައްކަ ފަންސަވީސްހާސް ނަބީބެކަލުން ފޮނުއްވާފައިވޭ. ކޮންމެނަބިއްޔަކުވެސް ފޮނުއްވަނީ އެތައްހާސްއަހަރެއްގެ ޒަމާންތަކަށްފަހު. އެހެންކަމުން އެއީ މޮޔަވާހަކަ އެއްކަމަކަށް މަށެއްނުބުނާނަށް ސަމީ އެކަން ޔަގީން ކޮށްދިނީމާނޫނީ.

   47
   5
   • ކުޅަނދުރު

    125 އެއްނޫން 124،000 ނަބީބޭކަލުން. އޭގެތެރެއިން 313 ރަސޫލުބޭކަލުން. ނަބީބޭކަލުން ދެމެދު ތިޔަހާ ގިނައަހަރުތަކެއް ނުވޭ. އިންޖީލް ބާއްވާލެއްވުނީ މީގެ 2000 އަހަރުކުރިން. އިންޖީލްގައިވަނީ އިންޖީލްބާއްވާލެއްވުންތާ ގާތްގަނޑަކަށް 4000 އަހަރުކުރިން އާދަމްގެފާނު އުޅުއްވިކަމަށް ވީމާ އިންސާނުން އުޅެންފެށިތާ މިވީ 6000 އަހަރު ދީނީ ނަޒަރަކުން. އެކަމަކު ދުނިޔެ ޚަލްޤްކުރެވުނު ތާރީޚެއް އެނގޭ އެއްވެސް ފޮތެއް ނުވޭ.

 3. ޢަފްލާ

  ޢިންސާނުންގެ މޫނު ކަށިގަނޑާއި އަނގައިގެ ދަތްޕިލަ ހުންނަ ކަށިގަނޑާއި ޅިނދު ކަށިގަނޑު ވ ގިނަ ދުވަސް ވަންދެން ފީނުވެ ހުންނާނެ އެއީ އެންމެ ވަރުގަދައައް އުފެދިފައިވާ ކައްޓައްވީމަ ހަށި ގަނޑުގެ އެހެން ކަށި ތަކާއި ވ ތަފާތު ވާނެ ދަތް ކަށި ގަނޑާ ދަތާ އެކު ހަލާކުނުވެ ދަތްޕިލަ ރީއްޗައް ހުރި ކަށިގަނޑެްްއް އަހަރެން ދެކުނިން މީގެ 22އަހަރު ކުރިން އަހަރއން ގެ ގޭތެރެއިން އޭރުވެސް އެ ދައްތަ މަތުވިތާ 50 އަހަރު ވެދާނެ ދަތް ބަލާލީމަ އިނގޭ ދުފާ މީހެއްކަން

  20
 4. ސަމި

  އަޙްމދަކީ ވ ކެއްތެރ ބޭފުޅެއް.
  އާދަމް.ގެފާނު ގެ އުމުރު ފުޅަކީ.1000 އަަހަރު ދެން އެންމެ.ޢުމުރު.ދިގު ރަސޫލު ބޭކަލީ.ނޫޙް ގެފާނު އެކަލޭގެފާު 950.އަހަރު ދީނަށް.ގޮވާލެއްވި ދެން ތިއްބެވި ނަބީ ބޭކަލުންނާއި.ރަސޫލު ބޭކަލުންގެ އުރުރުފުޅު.ނިސްބތުން ވަރަަށް ކުރު. 1 ލައްކަ އަށްވުރެ ގިނަ ނަބީބޭކަލުން ފޮނުއްވީ އެއްބޭކަލަކަށްފަހު އަނެއް ބޭކަލެއް ނޫން އެއްވަގުތެއްގަވެސް އެތަށް ނަބީބޭކަލުން އުޅުއްވި ...

  14
  2
  • މޮޔައެނޮނިމަސް

   ޔަގީންތަ؟؟؟؟؟؟؟

 5. ކެޔޮޅު

  މީ ފޭކު ވާހަކަ އެއް. ވަރަށް ސާފު