އިސްރާއީލުގެ އަނިޔާވެރި ސިފައިން ބަޑިޖަހައި ފަލަސްތީނުގެ ޒުވާނަކު މީގެ ކުޑައިރުކޮޅެއް ކުރިން ޝަހީދު ކޮށްލާފައެވެ.

ޢައްޒާގައި ހަރަކާތްތެރިވަމުންދާ "ވަގުތު" ގެ ނޫސްވެރިޔާ ރިޕޯޓް ކުރި ގޮތުގައި އުމުރުން 28 އަހަރުގެ މުހައްމަދު އަލް އަދުހަމް ގަޔަށް އިސްރާއީލުގެ ސިފައިންގެ ހަމަލާގެ ސަބަބުން ލިބުނު ޒަހަމުތަކަށް ފަރުވާ ދެމުން ދަނިކޮށް މިހާރު އޭނާ ޝަހީދު ވެއްޖެ ކަމަށް އައްޒާގެ ހެލްތް މިނިސްޓްރީން ބުނެފައިވާކަމަށެވެ.

މުހައްމަދު އަލް އަދުހަމް ގަޔަށް އިސްރާއީލުގެ ސިފައިން ބަޑިޖެހީ އުތުރު އައްޒާގެ ބައިތް ހަނޫނުގަ އެވެ.

ޝަހީދުވި ޒުވާނާއަކީ ހަމާސްގެ އަލްގަސާމް ބްރިގޭޓްސް ވިންގްގެ މެންބަރެކެވެ.

އިސްރާއީލުގެ ސިފައިން ވަނީ އެތަށް ފަހަރަކު އޭނާގެ ގަޔަށް ބަޑި ޖަހާފައެވެ.

މިއީ އިސްރާއީލާއި ހަމާސް އިން ދާދި ފަހުން ފެވައިފާ ހަމަލާ ބަދަލު ކުރުން ހުއްޓާލުމާއި ބެހޭ އެއްބަސްވުމާއި ހިލާފު އަމަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާއާމީން

    ިިިިިިިިިިިިިިިިި(انا لله وانا اليه راجعون)

    16
    • ހެޔޮއެދޭ

      انا لله وانا اليه راجعون

      11