ކިޑްނީ އަކީ ހިތުގެ ތެރޭގައި އޮންނަ އެއްޗެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް މިހެން ބުނީ ކިޑްނީގެ ބަލި މީހުން އެމީހެއްގެ ގޭގައި ތިބެގެން ޑައިލިސިސް ހެދުމުގެ ފުރުސަތާއި އެހެނިހެން ފަރުވާ ލިބޭނެ ފުރުސަތު ތަނަވަަސް ކޮށްދިނުމަށް ރިޔާސީ ޤަރާރެއް ނެރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަމުންނެވެ.

"ހިތުގެ ތެރޭގައި ކިޑްނީ އޮންނަނީ ވަރަށް ހާއްސަ މަގާމެއްގައި." ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް ވަނީ މީގެ ކުރިން ވެސް މިބާވަތުގެ ހަމަނުޖެހޭ ވާހަކަދައްކާފައެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ޓްރަމްޕް ބުނީ ހަނދަކީ ވެސް މާސްގެ ބައެއް ކަމަށެވެ. އަދި މީގެ ހަފްތާއެއްހާ ދުވަސް ކުރިން ޓްރަމްޕް ބުނީ އެމެރިކާ މީހުން ފްލައިޓްގައި ދަތުރު ކުރާތާ މިހާރު 250 އަހަރު ވެއްޖެ ކަމަށެވެ.

ކިޑްނީ އޮންނަނީ ހިތުތެރޭގައި ކަމަށް ދޭހަވާ ގޮތައް ޓްރަމްޕް ވާހަކަދެއްކުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ބައެއް މީހުން ގެންދަނީ ހަށިގަނޑުގެ އެތެރޭގެ ގުނަވަންތައް ފެންނަ ފޮޓޯތައް ޓްރަމްޕް ޓެގް ކުރުމަށް ފަހު ޓްވީޓް ކުރަމުންނެވެ.

ކިޑްނީ އޮންނަނީ ހިތުގެ ތެރޭގައި ކަމަށް ޓްރަމްޕް ބުނީ އެއީ ޓްރަމްޕް ގަބޫލު ކުރާ ގޮތްކަމަށް ވާތީ ކަމެއް އަދި ޔަގީނެއް ނުވެއެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ލަފާ ކުރެވޭ ގޮތުގައި ޓްރަމްޕަށް އެގޮތައް ބުނެވުނީ އޮޅިގެންނެވެ. ނަމަވެސް ޓްރަމްޕް އަދި އެއޮޅުން ރަނގަޅު ކޮށެއް ނުދެއެވެ.

މީގެ ކުރިން ވެސް ޓްރަމްޕް އަކީ ދައްކާ ހަމަނުޖެހޭ ވާހަކަތައް ވެސް ފަހުން ރަނގަޅު ކުރާ މީހެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ބޯހަލާކު

    ވެދާނެ ޓުރަމްޕުގެ ކިޑުނީ އޮންނަނީ އޭނަގެ ހިތުގެ ތެރޭގަކަމަށް...

    49
    1
  2. !!!!!!

    މިއީ ދެވަނަ ޖާބިރު

    51
    1
  3. ހުދުހުދު

    ?????
    ތީ ހަމަ ފައްކާ މޮޔައެއް

    47
    1
  4. މާމިގިލީ މީހާ

    ބޮޓެއް. ކިޑްނީ އިންނަނީ ފަޔޭގެ ބޮޑުވައި އިނގިލީގަ.

    26
  5. އަން

    ތިޔައީވެސް ކެނެރީގޭ ގުންޑާ ކަހަލަ ރޯނުއެދުރެއް.

    56
    9
  6. ސޮންދާލި

    މީހީވަނީ ކެނެރީގެ އާޢިލާ މީހެއް ހެން. މަނުބުނަން ނަޝީދެކޭ

    39
    3
  7. ލަދުކުޑަ

    މަށަށް ހީވަނީ ކިޑުނީތެރޭގަހެން ހިތް އޮންނަނީ

    26
    1
  8. ނަމަ

    ކިޑްނީ އަކީ އޭނަގެ އެތާ އޮންނަ އެއްޗެއްބާ

    15
  9. ރޭފަނާ

    ޓްރަމްޕްގެ ސިކުނޑި އޮންނަނީ ކަކުލު ހުޅުގައޭ. އެހެންވީމަ އެވަރުގެ އެއްޗެއް ބުނެވިދާނެތާދޯ. ކީއްވެގެންތަ މާބޮޑު ކަމަކަށް ހަދައިގެން ތިއުޅެނީ.

    11
    1
  10. އަލްޖިބްރާ

    ތިޔަމީހާ ކުޑަދުވަސްކޮޅަކަށް ބައިލޮޖީ ކިޔަވާދޭ ކްލާހަކަށް ފޮނުވަބަލަ !

    17
    • ހަމަހޭ

      ލަސްވެއްޖެ އެއްނު ފޮނުވަންވެސް. ޓުރަމްޕް ކިތައް އަންހެނުން ކައިރިއަށް ވަދެއްޖެ އަދިވެސް ނޭނގެ ކިޑްނީއާ ހިތާ ދެންހުރި އެއްޗެއް ހުންނަ ތަންތަންވެސް. މިހާރުވެސް އަންހެނަކު އެ އޮތީ ޓުރަމްޕް ބޮލުގަ އެ އަންހެން މީހާ ރޭޕް ތުހުމަތު އަޅުވާފަ. މީލައްކަ ވާހަކަކަން އެނގޭނެ ހަމަހޭގަ ތިބޭ މީހުންނަށް...✋✋

  11. ކިޑްނީ

    ލަދުން މަރު.... އިބޫ އަށްވެސް އިނގޭނެ ކިޑްނީ އިންނަތަން... އިބޫއަށް ވުރެމި ސޮޑަންޕް ގަމާރު...???