އެމެރިކާގެ ހަވާއީގެ ޖަޒީރާ ރަށެއް ކަމަށްވާ މައުއީ އައިލެންޑްސްގެ ޖަންގަލީގައި ރޯވެ އަނދަން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފަތުރުވެރިން ވެސް ދިރިއުޅޭ މި ރަށުގައި ރޯވި އަލިފާން ގަނޑު ވަނީ 30000 އޭކަރުގެ ސަރަހައްދަކަށް ފެތުރުފައެވެ.

ވައިގަދަވެ އަލިފާން ގަނޑު އިތުރަށް ފެތުރެމުން ދާތީ ރައްކާތެރި ހިސާބުތަކަށް އެތަށް ހާސް ބަޔަކު ބަދަލުވާން މިހާރު ވަނީ އަމުރު ނެރެފައެވެ.

އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ އޮފިޝަލުން ބުނާ ގޮތުގައި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަލިފާން ނިއްވަން ފަސޭހަ ވާނެ މިންވަރަށް ވައި މަޑުވާނެ ކަމަށް އުއްމީދު ކުރެވެއެވެ.

މިދިޔަ އަހަރު އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ދެކުނުގެ އެކި ހިސާބުތަކުގައި ވަރަށް ގަދައަށް އަލިފާން ރޯވެ އަދައިފައިވެއެވެ.

އެއީ ކެލިފޯނިއާގެ ތާރީޚުގައި ކުރިމަތިވި އެންމެ ގެއްލުން ބޮޑު އަލިފާނުގެ ހާދިސާ ކަމަށްވާއިރު މިހާތަނަށް 100،000 އެއްހާ މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ.

އަދި އެތައް އަވަށްތަކެއްވަނީ އަޅިއަށްވެގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފަހުދާ

    ވަރަށް ހިތާމަ ވެރި ހަބަރެއް.

    7
    1
  2. Anonymous

    އެމެރިކާ،އިޒްރާއީލް ވެއްޖިއްޔާ އޯކޭ