އިންޑޮނޭޝިއާއަށް ބާރުގަދަ އިތުރު ބިންެހެލުންތަކެއް އަތުވެއްޖެއެވެ.

އިންޑޮނޭޝިއާގެ ނޯތު މަލުކޫ ޕްރޮވިންސްގެ ޓާނޭޓް ޓައުނަށް 7.3 މެގެނެޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމަށްފަހު، އިތުރު ބިންހެލުމެއް އައިސްފައި ވަނީ އޭގެ 18 މިނިޓް ފަހުންނެވެ.ފަހުން އައި ބިންހެލުމުގެ ބާރުމިނަކީ 5.2 މެގްނެޓިއުޑްއެވެ.

އަދި އޭގެ މިނިޓެއް ފަހުން 5.1 މެގްނެޓިއުޑް ބާރުމިނުގައިވެސް އެ ސަރަހައްދަށް ބިންހެލުމެއް އައިސްފައިވާއިރު، އޭގެ 14 މިނިޓް ދަހުން 5.8 މެގްނެޓިއުޑް ބާރުމިނުގައި ބިންހެލުމެއް އައިސްފައި ވެއެވެ.

ބިންހެލުންތަކާއެކު އެތައް ބައެއްގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އަދި ގިނަބަޔަކު ގެއިން ބޭރަށް ނުކުމެ މަގުމައްޗަށް އެއްވިއެވެ. މި ބިންހެލުންތަކާއި ގުޅިގެން ސުނާމީގެ އިންޒާރު ނެރެފައެއް ނުވެއެވެ.

މި ބިންހެލުންތަކާއި ގުޅިގެން އެއްވެސް މީހަކަށް އަދި އިމާރާތަކަށް ގެއްލުން ލިބުނުކަމުގެ ރިޕޯޓް އަދި ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު