އުމުރުން އެންމެ އަހަރެއްގެ ތުއްތު އަންހެން ދަރިފުޅު ރޭޕްކޮށް، އެކުއްޖާގެ ވީޑިއޯ އިންޓަނެޓްގައި އާއްމު ކުރި ބައްޕަ، އެމެރިކާގެ ފްލޮރިޑާ އަށް ނިސްބަތްވާ ޖޭމްސް ލޮކްހާޓް 70 އަހަރަށް ޖަލަށް ލުމަށް އެމެރިކާގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ.

އުމުރުން 31 އަހަރުގެ ޖޭމްސް އޭނާގެ އުފަން ދަރިފުޅު ރޭޕް ކޮށްފައި ވަނީ މިދިޔަ މާޗް މަސް ތެރޭގައެވެ. އޭނާގެ މައްޗަށް އިއްވި ޖަލު ޙުކުމަކީ އޭނާގެ މައްޗަށް އުފުލި ދައުވާތަކާއި ގުޅިގެން އިއްވެން އޮތް އެންމެ ދިގު ޙުކުމެވެ.

ފުލުހުން ޖޭމްސް ހައްޔަރު ކުރުމުގެ ކުރިން އޭނާގެ ދަރިފުޅުގެ ސެންސަރު ކޮށްފައިވާ ފޮޓޯއެއް އަނިޔާ ލިބުނު އަންހެން ކުއްޖާގެ މަންމަ އަދި ޖޭމްސްގެ އަނބިމީހާ އަށް ދެއްކިއެވެ. ފޮޓޯ އިން ފެންނަނީ އޭނާގެ ދަރިފުޅުކަން ފުލުހުންނަށް ކަށަވަރު ކޮށްދިނީ ޖޭމްސްގެ އަނބިމީހާ އެވެ.

ފުލުހުން ޖޭމްސްގެ ގެއަށް ވަދެ ފާސްކުރިއިރު ކުޑަކުދިންގެ ބަރަހަނާ ތިން ވީޑިއޯ އަކާއި ކުޑަކުދިން ބަރަހަނާކޮށްފައި ނަގާފައިވާ 4000 އަށް ވުރެ ގިނަ ފޮޓޯ ފެނުނެވެ.

ޖޭމްސް ވަނީ މީގެ ކުރިން ހަ އަހަރު ވަންދެން ޕެރަމެޑިކެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. ފުލުހުން މިހާރު ވެސް ގެންދަނީ ޖޭމްސްގެ ފަރާތުން ޖިންސީ އަނިޔާ ލިބިފައިވާ ކުއްޖަކު ނުވަތަ މީހަކު ހުރިތޯ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެމެރިކާ އަކީ ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ނަގައިގެން ވީޑިއޯ ކުރުމުގެ ކުއްތައް ވަރަށް ގިނައިން ކުރާ ގައުމެކެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އެމެރިކާގެ ބިލިއަނަރަކު ވެސް މީގެ ހަފްތާއެއް ކުރިން ހައްޔަރު ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަލީހު

    މުސްލިމު ސޮރަކާ ވައްތަރީ

    3
    27
    • ޠ

      ޔޫ ސިކް ބަސްޓަރޑް

      14
      1
  2. ދޯ

    މުސްލިމު ވައްތަރު ސިކުވާނެ ނިކަން.

    1
    7