ލަންޑަންގެ ހީތްރޯ އެއާޕޯޓުން އެމެރިކާގެ ލޮސްއެންޖެލަސް އަށް ދަތުރުކުރަން އޮތް ބްރިޓިޝް އެއާވޭސްގެ މަތިންދާ ބޯޓަކަށް ޓިކެޓަކާއި ނުލައި ސެކުރިޓީ ފަޅާލުމަށް ފަހު ކުޑަ ކުއްޖަކު އަރައިފި އެވެ.

ޑަޗްލޭންޑް އަށް ނިސްބަތްވާ އުމުރުން 12 އަހަރުގެ މި ކުއްޖާ ސެކުރިޓީ ފަޅާލުމަށް ފަހު މަތިންދާ ބޯޓަށް އެރި ކަން އެގުނީ ބޯޓް ނައްޓާލުމަށް ތައްޔާރުވެފައިވަނިކޮށް ކުރޫ މެންބަރަކު އެކުއްޖާ އިންނަން ޖެހޭ ގޮޑި ދެއްކުމަށް ޓިކެޓް ދިނުމަށް އެދުމުން ނުދިނުމުން ބެލި ބެލުމުންނެވެ.

މި ކުއްޖާ ވަނީ ބޯޓުން ފައިބަން ދެކޮޅުހަދާފައެވެ. ނަމަވެސް ފުލުހުން ވަނީ މި ކުއްޖާ ގެންގޮސް ސުވާލު ކޮށްފައެވެ.

ޓިކެޓަކާއި ނުލައި ސެކުރިޓީ ފަޅާލުމުން މި ކަން ހިނގި ގޮތާއި މެދު ފުލުހުން ވެސް ތިބީ ހައިރާން ވެފަ އެވެ.

ކުޑަ ކުއްޖަކު ވަރުގަދަ އަށް ސެކުރިޓީ އޮތް އެއާޕޯޓުގެ ސެކުރިޓީ ފަޅާލުމުން މި އެއާޕޯޓްގެ ސަލާމަތީ ކަންތަތަކާއި މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.