އިންޑިއާގެ މުމްބާއީގެ ހަތަރު ބުރީގެ އިމާރާތެއްވެއްޓި 50 މީހުން ތާށިވެ ދެ މީހުން މިހާތަނަށް މަރުވެއްޖެ އެވެ.

މިއަދު މުމްބާއީ އިމާރާތް ވެއްޓިފައިވަނީ ޑޮންގްރީ ނެއިބާހޫޑްގަ އެވެ.

ވެއްޓުނު އިމާރާތާއި ޖެހިގެން ހުރި އިމާރާތްތައް ވެސް ހުރީ ވަރަށް ނުރައްކާތެރި ހާލަތުގަ އެވެ.

މި އިމާރާތުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް ނޭޝަނަލް ޑިޒާސްޓަރ ރެސްޕޮންސްގެ ތިން ޓީމުގެ އިތުރުން ސިފައިންނާއި ފުލުހުންވެސް އަންނަނީ ހަރަކާތްތެރި ވަމުންނެވެ.

މިހާރު ޖެހިގެން ހުރި އިމާރާތްތަކުން މީހުން ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މުމްބާއީގެ ފަޔާ ބްރިގޭޑް ޗީފް ޕްރަބަތް ރަންގާލް ވަނީ ބުނެފައެވެ.

އިމާރާތް ވެއްޓެން މެދުވެރިވި ސަބަބު އަދި ސާފުނުވާއިރު މުމްބާއީއަށް ދަނީ ގަދައަށް ވިއްސާރަ ކުރަމުންނެވެ.

އިންޑިޔާއަކީ ބޯކޮށްވާރޭވެހުމުގެ ސަބަބުން ކޮންމެ އަހަރަކު ވެސް އެތައް ސަރަހައްދެއްގައި ފެންބޮޑުވެ އެތަށް ބަޔަކު މަރުވެ ގިނަބަޔަކު ހާލުގައިޖެހޭ ގައުމެކެވެ. އެހެން ނަމަވެސް މިއަހަރު އިންޑިއާގެ ބޮޑު ސަރަހައްދަކަށް ވަނީ ހަނަފަސްކަން ކުރިމަތިވެފައެވެ.

އިންޑިއާއަށް އާންމުކޮށް މޫސުމީ ވިއްސާރަ ލައިގަންނަނީ ޖޫންމަހާއި ސެޕްޓެމްބަރުމަހާ ދެމެދުގައެވެ.

މި ވިއްސާރައިގެ ސަބަބުން މުމްބާއީގެ މައި އެއާޕޯޓްގެ ހުރިހާ ފްލައިޓެއް ކެންސަލް ކޮށްފައެވެ.

ވިއްސާރާގައި ހުނޅަގު އިންޑިއާގެ ބިންގަނޑު ތިރި ސަރަހައްދެއްގައި ދިރިއުޅޭ ހާހެއްހާ މީހުން ސަލާމަތް ކޮށްގެން ރައްކާތެރި ހިސާބުތަކަށް ގެންދާން ޖެހުނު ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ވިއްސާރާގައި ބައެއް ސިޓީތަކުގެ ރޭލް ދަތުރުފަތުރާއި މަގުމަތީ ދަތުރުތަކުގެ އިތުރުން، ވައިގެ ދަތުރުތަކަށް ވަނީ ބުރޫ އަރައިފަ އެވެ.

މިއީ ފާއިތުވި 10 އަހަރު ތެެރޭގައި އެންމެ ބޯކޮށް އެ ސަރަހައްދަށް ވިއްސާރަ ކުރި ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވތގ5ތ56

    ދެން މިހާރު އެ އެތަށް އެ ބަޔަކު ފެނިއްޖެތަ