ގަދަބާރުން ފަލަސްތީނުގެ ގެދޮރުތަކަށް ވެރިވެގެން އުޅޭ އިސްރާއީލުގެ ޔަހޫދީއަކު ވެހިކަލްއަކުން ޖައްސައި ފަލަސްތީނުގެ ތުއްތު ކުއްޖަކު ޝަހީދު ކޮށްލައިފިއެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީ އާއި ހަވާލާދީ ޣައްޒާގައި ހަރަކާތްތެރިވާ "ވަގުތު" ގެ ނޫސްވެރިޔާ ބުނީ ރޭ ފަލަަސްތީނުގެ ހަލީލް އަވަށުގައި ހިނގި މިހާދިސާގައި ޝަހީދު ކޮށްލާފައިވަނީ އުމުރުން 7 އަހަރުގެ ތާރެގް ޒެބަންޔާ ކަމަށެވެ.

މިއީ ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އުޅޭ އިސްރާއީލުގެ ޔަހޫދީއަކު ފަލަސްތީނުގެ ކުޑަކުއްޖަކު ޝަހީދު ކޮށްލި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެކުރިން އައިޝާ ރައްބީ އަދި މުހައްމަދު ކައިދަރް އަދި ފަލަސްތީނުގެ އާއިލާއެއް ދިރިތިއްބާ މި އަހަރު ތެރޭ ވަނީ އަންދާލާފައެވެ. ޔަހޫދީން، ފަލަސްތީނުގެ އާންމު ރައްޔިތުން ގެދޮރުތަކުން ނެރެ ގެ ސުންނާފަތި ކޮށްލުމަކީ އާންމު ކަމެވެ.

"ދަ ޕަލެސްޓީނިއަން ޕްރިޒަނާސް ސޮސައިޓީ" ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުން މި އަހަރުގެ މިހާތަނަށް، ފަލަސްތީނުގެ ޣައްޒާ އާއި ހުޅަނގު އައްސޭރީގެ ސަރަޙައްދުން، ފަލަސްތީނުގެ 12 ކުޑަކުއްޖަކު ވަނީ ޝަހީދު ކޮށްލާފައެވެ. އަދި 2000 ވަނަ އަހަރުން ފެށިގެން މިހާތަށް 2145 ކުޑަކުދިން ވަނީ ޝަހީދު ކޮށްލާފައެވެ. ހަމައެހެންމެ، ކުޑަކުދިންނާ ދެކޮޅަށް އިސްރާއީލުން އެކަށީގެން ނުވާ މިންވަރުގެ ބާރުގެ ބޭނުން ކުރާކަމަށްވެސް އެޖަމާއަތުން ބުނެފައިވެއެވެ.

އިންސާނީ ހައްގުތަކަށް ގޮވާލާ އެންމެ ބޮޑަށް އަޑުއުފުލާ ހުޅަގުގެ ގައުމުތަކަށް މި ކަން ބޮޑު ކަމަކަށް ނުވާއިރު އިސްރާއީލަކީ ބައިނަލްއަޤުވާމީ އެއްވެސް އެންގުމަކަށް ތަބާ ނުވެ، ފަލަސްތީނު ރައްޔިތުންނަށް އެތައް އަނިޔާތަކެއް ދެމުންދާ ބައެކެވެ. އިސްރާއިލުގެ އަނިޔާތައް ހުއްޓުވުމަށް އެހެން ޤައުމުތަކުންވެސް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގޮލާ

    އަދިވެސް އުންމަތައް ޖިހާދު ފަރުޟު ނުވަނީ ކީއްވެބާ...

    33
    3
    • ގޮލާގެ ބްރޯ

      ގޮލާއަށް... ފަލަސްތީނުގަ އެބައޮތް އިސްރާއީލް ދުއްވާލެވޭނެ ބޮޑު ލަޝްކަރެއް. ގޮލާ މަޑުކޮށްލާ މައިންބަފައިންނަށާ ގައުމަށް ހިދުމަތް ކުރޭ.

      12
      14
  2. ގައުމު

    މިފަދަ ނުބައި އަމަލުތަކަށް ފިޔަވަޅެއް ނޭޅޭ..އެކަމަކު މުސްލިމަކު ކަމެއް ކޮއްފިޔާ ހޭވަނި ދުނިޔެ ނިމިދާނެހެން އެކި އެކި ބަޔާންތަށް ނެރޭވަރުން ފިޔަވަޅު އަޅަން ގޮވާވަރުން..އެ ކުއްޖާޔަ ސުވަރުގެ ގެ ދާއިމި ނިޔުމަތް ލެެއްވުން އެދީ މާތް ރަސްކަނލާގެ ހަޖްރަތަށް ދޫވަދަންނަވަން..އަދި އެ އާއިލާޔަ ކެއްތެރިކަން ލެއްވުން އެދި ދުވާ ދަންނަވަން.އާމިން

    34