ގުދުރަތީ ކާރިސާތައް ކަމަށްވާ ބިންހެލުމަކީ އިންސާނުންނަށް ހުއްޓުވޭނެ ކަމެއް ނޫނެވެ.

މިފަދަ ކާރިސާތަކަކީ އަބަދުވެސް ހިނގަހިނގާ ހުންނަ ކަންކަމެވެ.
ކޮންމެ ދުވަހަކުވެސް ދުނިޔޭގެ ކޮންމެވެސް ހިސާބަކަށް ބިންހެލުމެއް އަންނަ އިރު މިއިން ކޮންމެ ބިހެލުމަކީ ގެއްލުން ވާ ކަހަލަ ބިންހެލުންތަކެއް ނޫނެވެ.

ދުނިޔެއަށް މިހާތަނަށް އައި އެންމެ ބާރުގަދަ ބިންހެލުން ރެކޯޑް ކުރެވިފައިވަނީ 9.5 ގެ ބާރުމިނުގައި 1960 ވަނަ އަހަރުއެވެ. ޗިލީ އަށް އައި މި ބިންހެލުމަކީ ބިންހެލުންތައް މޮނިޓަރ ކުރަން ފެށިފަހުން ރެކޯޑް ކުރެވުނު އެންމެ ބާރުމިނެވެ.

20 ވަނަ ގަރުނުގައި އައި އެންމެ ބާރުގަދަ ބިންހެލުމުގެ ގޮތުގައި ސިފަކުރާ މި ބިންހެލުމުގައި 2 މިލިއަން މީހުންގެ ގެދޮރު ގެއްލުނެވެ. އަދި މި ބިންހުމުގައި އުފެދުނު ބިޔަ ރާޅުތަކުގެ ސަބަބުން 6000 އަށްވުރެން ގިނަ މީހުން މަރުވިއިރު ސުނާމީގެ ރާޅުތައް ފިލިޕީންސާއި ހަމައަށް ފޯރިއެވެ.

މި ބިންހެލުމުގެ ސަބަބުން 800 މިލިއަން ޑޮލަރުގެ ގެއްލުން ލިބުނެވެ. އެއީ މިހާރުގެ އަދަދުން ބަލާނަމަ 6 ބިލިއަން ޑޮލަރުގެ ގެއްލުމެކެވެ.

ސައިންސްވެރިން މީގެ އެތައް އަހަރުތަކެއް ކުރިން ވަނީ ބިންހެލުން ދިރާސާ ކުރަން ފަށާފައެވެ. އެދިރާސީ މަސައްކަތްތަކުން ސައިންސްވެރިނަށް ހޯދުނީ ދުނިޔެއަށް ބާރުގަދަ ބޮޑު ބިންހެލުމެއް އައުން އަނެއްކާވެސް ގާތްވެފައިވާކަމެވެ.

އެގޮތުން 2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ސުމަޓްރާއަށް 9.0 ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމަކީ 1900 ވަނަ އަހަރުން ސުރެ މިހާތަނަށް 5 ވަނައަށް އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމުގައި ދުނިޔޭގެ ހިގުމަށްވަނީ ބަދަލުތަކެއް އައިސްފައެވެ.

މި ބިންހުމަކީ ފަހުގެ ތާރިހެއްގައި ދުނިޔެ ދެކުނު އެންމެ ބާރުގަދަ ބިންހެލުމެވެ.

މި ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގައި މުޅި އޭޝިއާ ސަރަހައްދުން 250,000 ވުރެ ގިން މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ައަހުމަދު

    ކިހިނެއް 800މިލިއަން 6ބިލިއަން އަށް ވަނީ؟

    3
    2
    • މަ

      "އިންފުލޭށަން"