އެއް މިލިއަން ލީޓަރުގެ ތެލާއެކު އީރާނުގެ ސިފައިން ބޯޓެއް ހިފަހައްޓައިފި އެވެ.

ޕާސިއަން ގަލްފުގެ ސަރަހައްދުން އީރާނުގެ ކަނޑުގެ ސިފައިން ބޭރުގެ މި ބޯޓު ހިފެހެއްޓީ އިގިރޭސިވިލާތުން މީގެ ދެ ހަފްތާ ކުރިން އީރާނުގެ ތެޔޮ ބަރު ކުރި ބޯޓެއް ހިފެހެއްޓުމުން އޭގެ ބަދަލު ހިފާނެ ކަމަށް އީރާނުން އިންޒާރު ދީފައި ވަނިކޮށެވެ.

އީރާނުގެ މީޑިއާތަކުން ބޭރުގެ ބޯޓެއް ހިފެހެއްޓިކަމަށް ރިޕޯޓް ކުރި ނަމަވެސް މިއީ ކޮން ގައުމެއްގެ ބޯޓެއް ކަން އަދި ހާންމައެއް ނުކުރެއެވެ. އީރާނުން މިދިން ރައްދާއި އެކު އީރާނާއި އެމެރިކާ ދެމެދު ގުޅުން އިތުރަށް ގޯސްވެ މެދުއިރުމަތީގެ މަސްރަހު އިތުރަށް ހޫނުވެގެން ދާނެ ކަމަށް ބެލެވެއެވެ.

މީގެ ދެ ހަފްތާ ކުރިން އީރާނުގެ ތެޔޮ ސުޕަ ޓޭންކަރު ގްރޭސް 1 ޖިބްރޯލްޓާގެ ބޭރުން ހިފެހެއްޓި މައްސަލައިގައި އެމެރިކާ އާއި އިނގިރޭސި ވިލާތުން ކަރުނަ އަޅަައި ރޯން ޖެހޭނެ ކަމަށް ބުނެ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ އިންޒާރު ދީފައެވެ.

ޖިބްރޯލްޓާ އިން ހިފަހައްޓާފައި ވަނީ އިނގިރޭސި ސިފައިންގެ އެހީގަ އެވެ. ޓޭންކަރު ހިފެހެއްޓީ ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގޮންޖަހައި ސީރިއާ އަށް ތެޔޮ އުފުލާތީ ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ނަތަންޔާހޫ

    ނިމިގެންދާއިރު، އިރާގައްވީގޮތަށް ސުއްނާފަތިވެގެން ދާތަން ބަލަން ރަޝިޔާ، އަދި ޗައިނާވެސް އޮންނާނެ!

    13
    47
    • އަޙްމަދް

      ނަތަންޔާހޫ ނަމުގައި ތިބުނީ ތެދު ވާހަކަ އެކެވެ.

      5
      35
  2. Anonymous

    އެއޮއްގެން ފަށަނީ 3 ވަނަ ބޮޑު ހަނގުރާމަ ފަށަން އިޒްރާއީލް އެމެރިކާ ވެގެން އެހެނިހެން ޤައުމުތަކަށް ޖެއްސުން ކުރަނީ. އިޒްރާއީލް އަޑީގަ އޮވެ. ހިތަކަށް ނާރާ މަރަކީ މިމީހުންނާ އެންމެ ގާތް އެޗެއްކަން މާ އަވަހަށް ވެސް، ،.. ޝިޓްސް އޮފް ދަ ވޯލްޑްސް. ..

    28
    2
  3. ދދދ

    ރަނގަޅު. އިނގިރޭސިންނާއި އެމެރިކާއަށް ސަޖިދަ ނުކުރާތި. ދިވެހިރާއްޖޭގަ މިތިބަ ހަށި ވިއްކާ ފިނޑިންނަށް ފެނޭތަ ގައުމުގެ ހިމާތުގަ ހުންނަން ޖެހޭ ހިތްވަރު؟

    46
    2
  4. ޢަބްދުﷲ

    ޢީރާނުން ކަންތައްކުރި ގޮތާއިމެދު ވަރަަށް ހިންހަމަޖެހޭ. ކާފަރުންގެ ކުރިމަތީ ކުޑަކަކޫ ޖަހާކަށް ނުޖެހޭނެ.

    72
    1
  5. ޒިމްޒިމް

    އީރާނަކީ ގަދަބައެއް.. މިޒަމާނުގައި އެމެރިކާއާއި ޖެހިގަނެގެން އުޅެވޭނީ ވަރަށް ގަދަ ވީމާ..

    58
    1
  6. ނުރަބޯ

    އެމީހުން ބުނާހާ ގޮތެއް ހަދައިގެން އުޅުނު ވެރިއެއް މުޢައްމަރުލް ޤައްޒާފީ އަކީ. ވަކި ސަހަލު ގޮތެއްވިބާ؟ ޢިރާގަށްވީ އަދި މުޅިންތަފާތު ގޮތެއް. އިރާގަކީ ނިޔުކްލިއަރ ބާރެއްވެސް ނޫން. އެމެރިކާއާއި އިޒްރޭލުން ހަމަލަ ދިނުމުގެ ކުރިން ވިސްނާނެ ހަރުފަ މަރުވެފަ ލަޓިގަނޑު ސަލާމަތްވާނެ ގޮތަކާމެދު.

    12
    3
  7. ޖައްސާލީ

    އީރާނަކީ އިންސާފަށް ލޯބި ކުރާ ހިތްހެޔޮ ބަޔަކު އުޅޭ ގައުމެއް.

    31
    2
  8. ޔޫސުފް

    މިވަޤުތު ހުރިހާ އިސްލާމީ ޤައުމުތައް އެބައުވެ އެމެރިކާއަށް ރައްދު ދީފިނަމަ ވަރަށްރަގަޅަށް ފިނިވާނެއެވެ.

    17
    • އަހުއާސް

      އިސްލާމީ ގައުމުތައްތިބީ އެމެރިކާގެ އުނގުމަތީގައިކަން ނުދަންނަންތަ.؟