އެމެރިކާއިން ބޭނުން ވަނީ އީރާނުގެ ކަރަށް ވަޅި ޖެހުމަށް ފަހު މަޝްވަރާގެ މޭޒަށް ގެންނަން ކަމަށާއި ނަމަވެސް އެގޮތަށް އެކަން ނުވާނެ ކަމަށް އީރާނުގެ ކުރީގެ ރައީސް އަހުމަދީ ނީޖާދު ވިދާޅުވެއްޖެ އެވެ.

އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު ތަކަށް އިޝާރަތް ކުރައްވައި "ނިއުޔޯކް ޓައިމްސް" އަށް ދެއްވި ބަސްދީގަތުމެއްގައި އަހުމަދީ ނީޖާދު ވިދާޅުވީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ވިޔަފާރިވެރިއެއް ކަމަށާއި ހިސާބު ޖަހައިގެން ކަންކަން ރީތި ގޮތުގައި ހައްލު ކުރަން އެނގެން ޖެހޭނެ ކަމަށެވެ.

"އިރާނުގެ ކަރަށް ވަޅިއެއް ޖަހާފައި މަޝްވަރާގެ މޭޒަށް އަންނާށޭ ބުންޏަސް އެކަމެއް ނުވާނެ" އީރާނުގެ ކުރީގެ ރައީސް އަހްމަދީ ނީޖާދު ވިދާޅުވި އެވެ.

ނީޖާދު އިތުރަށް ވިދާޅުވީ ނިއުކްލިޔާ އެއްބަސްވުން އެއްފަރާތްކޮށް އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅު އުވާލުމަށް ފަހު މަޝްވަރާ ކުރެވޭނެ ކަމަށެވެ.

މަޝްރަހު ގޯސްވެ ރޭ އިނގިރޭސި ވިލާތުގެ ދެ ތެޔޮ ޓޭންކަރެއް އީރާނުން ހިފެހެއްޓިކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ނަމަވެސް އީރާނުން ބުނީ ހިފެހެއްޓީ އެންމެ ޓޭންކަރެއް ކަމަށެވެ.

ހޮޒްމޫޒް ކަނޑުއޮޅިން އީރާނުން ހިފަހައްޓާފައިވާ ތެޔޮ ޓޭންކަރު ވަގުތުން ދޫކޮށްލުމަށް އެމެރިކާ އިން ވަނީ ގޮވާލައިފަ އެވެ.

އެމެރިކާއިން 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުން ވަކިވެ އީރާނަށް ދަތިކޮށް އެމެރިކާ އާއީ އިސްރާއީލުން ބޭނުންވަނީ މެދުއިރުމަތީގެ އެންމެ ބާރުގަދަ ގަައުމަށް ވަމުންދާ އީރާން ކޮންމެ ވެސް ގޮތަކުން ނައްތާލުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސިކުނޑި

    މިތިބެނީ ގައުމަށް އިހުލާސްތެރި ދަރިންނަކީ!

    25
    1
  2. ބަފާބެ

    އަހަރުމެންނަށް މިހާރުފެނިގރން މިއުޅެނީ އިންޑިޔާއަށް ވިކިފަތިބި ގައުމުގެ މުސްތަގްބަލް ބިކަކުރާ ބަޔަކު ވެރިކަމުގަ ތިބިތަން!

    17
    1
    • މޮޔައެނޮނިމަސް

      ޔަގީންތަ؟؟؟؟؟

      11
      2