ވެރިކަން ދެއްވަނީ ހެއްދެއްވި ފަރާތުން ކަމަށާއި ގެއްލެން ނަގާނީ މަދު ހިދުކޮޅެއް ކަމަށް ބުނެ އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ މަޖިލިސް މެމްބަރު އަދި ކަރުނާޓަކާގެ ޗީފް މިނިސްޓަރު އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް އިންޒާރު ދީފިއެވެ.

ކަރުނާޓަކާގެ ޗީފް މިނިސްޓަރު ކުމާރުސުވާމީ މަޖިލީހުގައި ވާހަކަ ދައްކަމުން ބުނީ ސަރުކާރެއް ވެއްޓެން ނަގާނީ މަދު ހިނދުކޮޅެއް ކަމަށާއި އަދި ވެރިކަމަކީ ހެއްދެއްވި ފަރާތުން ދެއްވާ އެއްޗެއް ކަމަށެވެ.

މިދިޔަ އާންމު އިންތިހާބުން ބަލިވި ކޮންގެރެސްގެ ގިނަ އާންމު މެންބަރުން މާޔޫސްކަމެއްގައި ތިބި އިރު ކުމާރުސުވާމީ ބުނީ ވެރިކަން ހިފެއްހެއްޓޭނީ އިދިކޮޅުވެސް ސަރުކާރުގައި ބައިވެރި ކޮށްގެން ކަމަށެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ނިސްބަތްވެ ވަޑައިގަންނަވާ ބީޖޭޕީން ވަނީ 2014 އަދި 2019 ވަނަ އަހަރު ބޭއްްވުނު އާންމު އިންތިހާބު ބޮޑު އަގުލަބިޔަތަކުން ކާމިޔާބު ކޮށްފައެވެ.

އިންތިހާބުގައި ބީޖޭޕީން 437 ގޮނޑިއަށް ވާދަކުރި އިރު އޭގެ ތެރޭގައި ހިމެނެނީ އެންމެ ހަތް މުސްލިމް ކެންޑިޑޭޓުންނެވެ. އެއިން އެއްވެސް ގޮނޑިއެއް ކާމިޔާބެއް ނުކުރެވުނެވެ.

ކޮންގްރެސް އިން 32 މުސްލިމް ކެންޑިޑޭޓުން ނެރުނެވެ. އޭގެ ތެރެއިން ކާމިޔާބުކުރެވީ ހަތަރު ގޮނޑި އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަލީ

    ހަބަރުތައް ލިޔާއިރު ރަނގަޅަށް މައުލޫމާތު ހުރެގެން ލިޔުން ރަނގަޅެވެ. ކަރުނާޓަކާގެ ޗީފްމިނިސްޓަރަކީ ބީޖޭޕީ މީހެއްނޫނެވެ. އެއީ ގޮންގްރެސް ޕާޓީައާއި އެކު ކޯލިޝަން ހަދާފައިވާ ޖޭޑީއޭ ގެ ކުމާރުސުވާމީއެވެ. މީހުންނަށް އޮޅޭގޮތަށް ހަބަރު ފެތުރުމަކީ ވަރަށް ބޮޑު ކުށެކެވެ.

    30
    2