ރަޝިޔާގައި ޤާއިމުވެ ތިބި 23 ޤައުމެއްގައި 59 ޑިޕްލޮމެޓުން، އެޤައުމުން ދޫކޮށް ދިޔުމަށް އަންގައިފިއެވެ.

ރަޝިޔާއިން މިގޮތަށް އަންގާފައިވަނީ އިނގިރޭސިވިލާތުގައި ހުރި ޑިޕްލޮމެޓަކަށް ޒަހަރު ދީ މަރާލާފައިވަނީ ރަޝިޔާ އިން ކަމަށް ބައެއް ޤައުމުތަކުން ބުނަމުން ދަނިކޮށެވެ.

ހަމައެހެންމެ، ރަޝިޔާގެ ސެއިންޓް ޕީޓަސްބާގް ގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ބަންދުކުރަންވެސް ރަޝިޔާއިންވަނީ އަންގާފައެވެ. އަދި، އެތަން ހިންގުމުން ހުއްދަވެސް އެޤައުމުންވަނީ ބާޠިލުކޮށްފައެވެ.

ރަޝިޔާއިން މިގޮތަށް ކަންތައްކޮށްފައިވާއިރު އެމެރިކާ، ކެނެޑާ، އޮސްޓްރޭލިޔާ އަދި ޔޫރަޕުގެ އިތުރު 25 ޤައުމުންވަނީ އެޤައުމުތަކުގައި ތިބި ބައެއް ރަޝިޔާގެ ޑިޕްލޮމެޓުންވެސް ފޮނުވާލާފައެވެ. މިއީ، އިނގިރޭސިވިލާތާ އެއްކޮޅަށް ތިބުމަށް އެޤައުމުތަކުން ކޮށްފައިވާ ކަމެކެވެ. ހަމައެހެންމެ، ނޭޓޯގެ މިޝަނެއްގައި ހަރަކާތްތެރިވި ހަތް އޮފިޝަލަކުވެސް ވަނީ ފޮނުވާލާފައެވެ.

މިކަމާ ގުޅިގެން މި ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހީނަރުވާނޭކަމަށް ބެލެވޭކަމަށްވެސް ބައިނަލްއަޤުވާމީ މަޝްރަހު ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު