ތުރުކީ އާއި ކުރުދީންނާ ދެމެދު ސުލްހަ ޤާއިމުކުރުމަށް ކަމަށް ބުނެ ދެ ފަރާތުގެ މެދުގައި މަޝްވަރާތައް ބޭއްވުމަށް ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން އެދުމުން، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން، މެކްރޮން އަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ދެ ފަރާތުގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދެވުމަށް މެކްރޮން އެދިވަޑައިގަންނަވާފައިވަނީ، ޕެރިހުގައި ކުރުދީ ހަނގުރާމަވެރިންނަށް ދެއްވި ޖާފަތަކާއި ކުރެއްވި ބައްދުލުވުމަކަށް ފަހުގައި މީޑިޔާއާ ވާހަކަ ދައްކަވަމުންނެވެ.

ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން- ފޮޓޯ: ގެޓީ

މިކަމަށް އުރުދުޣާން ރައްދު ދެއްވާފައިވަނީ ތުރުކީގެ ވެރިކަން ކުރާ ޕާޓީއިން އެޤައުމުގެ ވެރިރަށް އަންކަރާގައި ބޭއްވެވި ބައްދަލުވުމެއްގައެވެ. އެބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އޭނާ ފްރާންސް އަށް ވިދާޅުވެފައިވަނީ ޤައުމަކާއި ޓެރަރިސްޓް ޖަމާއަތަކާމެދު މަޝްވަރާތައް ބޭއްވުމަށް އެއީ ކޮން ބައެއް ތޯއެވެ.

"ޤައުމަކާއި ޓެރަރިސްޓް ޖަމާއަތަކާމެދު ވާހަކަތައް ކުރިއަށް ގެންދިޔުމަށް ކަލޭމެން ތިއީ ކޮން ބައެއްތޯ؟"- އެތައް ބައެއްގެ ލޯބި ހޯދާފައިވާ ލީޑަރު ވިދާޅުވެފައިވެއެވެ.

މިކަމާ ގުޅިގެން އުރުދުޣާން ވިދާޅުވެފައިވަނީ އެއްވެސް ކަމަކަށް ބަލާނުލާ ޓެރަރިސްޓް ހަރަކާތްތައް ހިންގަމުންދާ ޖަމާއަތްތަކާ ގުޅުން ބާއްވާ، އެފަރާތްތަކާ އެކު މަސައްކަތް ކުރަމުންދާ ޤައުމުތަކުން، އެމަސައްކަތް ކުރަމުންދަނީ ތުރުކީއާ ދެކޮޅަށްކަން ދަންނަން ޖެހޭ ކަމަށެވެ.

ހަމައެހެންމެ، ޓެރަރިސްޓުންނަށް މަރުޙަބާ ކިޔާ، ގެއަށް ޓެރަރިސްޓުން "ވައްދާ" ޤައުމުތަކުން އެކުރެވުނީ ކިހާ ވަރެއްގެ ކަމެއްކަން ފަހުން ވިސްނޭނެކަމަށްވެސް އުރުދުޣާން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މާނޭ

    ހަމަ ސާބަސް ! ތީ ލީޑާރުންނަކީ..

  2. ބުއްޅަބޭ

    އުދުޣާނާ ގުޅުންބަދަހިކުރަންވީ، އަހަރުމެންގެ ހާލަކީވެސް ހަމަ ތިއީ! އީޔޫ އިންނާއި އިންޑިޔާއިން ޓެރެރިސްޓަކާއި ގުޅުންބާއްވައިގެން މިގައުމު ހަލާކުކުރަން މަސައްކަތް ކުރަނީ!

    • ގުއިފޮޑި ކަށިގަނޑު

      ބުއްޅަބޭ، ތިޔާ އެއްވެސް ތާކުންތާކު ލައްވައިލާ ވާހަކައެއް ނޫން. ޢަނގައިގެ ކަތުރު ކަނޑިގަނޑު ހެލޭލީ ކޮންމެސް އެއްޗެކޭ ކިޔަނީ ދެން. އޮއްޓަރެއް އާރެއްނުލާ ވާހަކަ ދެއްކުމަަށްވުރެން މޮޅުވާނީ ހަނު އިނިއްޔާ

      • Anonymous

        އޮއްޓަރާ އާރާބާރު އޮންނާނީ ޒައިނިސްޓުންގެ އަތުގަ ހިފައިގެން ތެދުވެ އިސްލާމްދީން ނައްތާލަން މަސައްކަތް ކުރުމުންތަ؟ ހަމަ ހިލާ އެހެނެއްނުވާނެ. އިސްލާމްދީނާއި، އެދީނުގައި ހިފަހައްޓައިގެން ތިބެގެންނޫނީ ދުނިޔޭގައި އަދި އާހިރަތުގައިވެސް ސަލާމަތެއްނެތް. ސެކިއުލަރވިސްނުން ކުރިއަށް ނެރެ އެފާޑަށް އުޅުނަސް އިންސާނަކަށްވިއްޔާ އެނގޭނެ މިއީ ތެދުކަން.

  3. ހަރީފް

    މުޅި އިސްލާމީ މުޖުތަމަޢުގައި ހުރި އެންމެ އިންސާފަށް ލޯބިކުރާ ކެރޭ ލީޑަރަށް ހަމަ އައްސަރިބަހާ ސާބަސް.

  4. Anonymous

    އުރުދުޣާން އަކީ މުސްލިމުންގެ ލީޑަރ. އެވިދާޅުވީ ތެދުފުޅެއް. އިނގިރޭސިންނާ، އިންޑިޔާއިންނާއި، ފްރާންސްއާއި، ޖަރމަނީ ފަދަ ގައުމުތަކުން އަބަދުވެސް ސަޕޯޓްދޭނީ ގައުމެއްގައިކުރާ މުސްލިމް ވެރިކަމެއް ވައްޓާލުމަށް މަސައްކަތްކުރާ ޓެރަރިސްޓުން ނުވަތަ ބާޣީންނާއެކު. ދިވެހި ގައުމުގެ ކަންތަކުގައިވެސް ފެންނަނީ މިފަދަ މަންޒަރެއް. އަންނިއާއި، އަންނިގެ ބައިވެރިންނަށް ޔޫރަޕާއި އަދި ބޮޑެތި އެހެން ގައުމުތަކުން ސަޕޯޓްދެނީ އިސްލާމް ދީން ނައްތާލުމުގެ މަގްސަދުގައި.

  5. ހަމީދާ

    ހަމައެކަނި މުސްލިމް އުއްމަތުގެ ހައްޤުގައި މަސައްކަތްކުރާ ލީޑަރ. ޔާﷲ އިބައިލާހުގެ ހެޔޮރަހުމަތުން މިފަދަ އެތައްލީޑަރުންނެއް އަޅަމެންގެ އުއްމަތަށް ދައްކަވާ މުސްލިމް އުއްމަތް ބާރު ގަދަކުރައްވާނދޭވެ. އާމީން.