އެމެރިކާގެ ސިއްރުން ފޮރުވިފައިވާ "އޭރިއާ 51" އަށް ވަންނަން އެތައް ހާސް ބަޔަކު ފޭސްބުކް އިވެންޓުގައި ބައިވެރިވެފައިވަނިކޮށް "ބާމިއުޑާ ޓްރޭންގަލް" ގެ ސިއްރުތައް ހޯދަައި އެތަން ހިސޯރު ކުރަން ކެމްޕެއިނެއް ފަށައިފިއެވެ.

އުތުރު އެޓްލާންޓިކް ކަނޑުން 7 ލައްކަ އަކަކިލޯމީޓަރުގެ ސަރަޙައްދެއްގެ މައްޗަށް އެކުލެވޭ ބާމިއުޑާ ޓްރޭންގަލް އޮންނަނީ އެމެރިކާގެ ފްލޮރިޑާ އާއި ބާމިއުޑާ އަދި ޕުއަރޓެރިކޯގެ މެދުގައެވެ.

ފޭސްބުކް ގައި ހެދި މި އިވެންޓަށް މިހާތަނަށް 40000 މީހުން ވަނީ ދާނެ ކަމަށް ބުނެފައެވެ. މި އިވެންޓް ހަދާފައިވަނީ "ސްޓޯމް ދަ ބާމިއުޑާ ޓްރޭންގަލް" ގެ ނަމުގައެވެ.

ފާއިތުވެދިޔަ 100 އަހަރަށް ބަލާއިރު މި ސަރަޙައްދުގައި ހިނގި ހަޤީޤަތްނޭނޭ ހާދިސާތަކުގައި ހާހަކަށްވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

ބާމިއުޑާ ޓްރޭންގަލްގައި ކުއްލިއަކަށް ރާޅުބޮޑުވާކަން މީގެ ކުރިންވެސް އެނގިފައި ވެއެވެ. އެގޮތުން އެންމެ ފުރަތަމަ އެ މަންޒަރު ރެކޯޑް ކޮށްފައިވަނީ 1997 ވަނަ އަހަރު އެ ސަރަޙައްދުގެ މަތިން ދަތުރުކުރި ސެޓެލައިޓަކުންނެވެ.

އެ ސެޓެލައިޓުން އެއްކުރި މަޢުލޫމާތުތަކުން އެނގޭގޮތުގައި ރާޅުތައް އުފެދޭ ވަގުތު ބާމިއުޑާ ޓްރޭންގަލްގައި އާދަޔާއި ޚިލާފަށް ބާރުގަދަ ތޫފާންތައް އެނބުރެމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. މާމިގިލީ މީހާ

  ސުލެއިމާނުގެ ފާނުގެ ވެރިކަމުގައި ބިނާކުރި ޖިންނީންގެ ގަޑުވަރު އިންނަނީ އެތާންގައި. ކީރިތި ގުރުއާނުގައި އެވާހަކަތައް ބަޔާންވެގެން ވެއި.

  9
  2
 2. ބާމިއުޑާ

  މެކްސިކޯ ބޯޑަރު ފުނޑާލަން އިވެންޓެއް ބާއްވާނަމަ ކިތަންމެހާ ވެސް ރަނގަޅު...

  14