އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ގުދުސްގެ އަލްސުބަހާރު އަވަށް ވަަށާލުމަށް ފަހު އެއަވަށުގެ ގެތައް ސުންނާފަތި ކުރަން ފަށައިފިއެވެ.

ރިޕޯޓްތަށް ބުނާ ގޮތުގައި މި ކަމުގައި ސަތޭކައަަށް ވުރެން ގިނަ ސިފައިން ދަނީ ބައިވެރިވަމުންނެވެ. އިސްރާއީލުގެ ސިފައިން ވަނީ ނޫސްވެރިންނަށް ވެސް މި އަވަށަށް ވަނުން މަނާކޮށް ހުރަސް އަޅާފައެވެ.

އިސްރާއީލުން ދަނީ މި އަވަށުގައި ދިރިއުޅޭ މީހުން އެމީހުންގެ ގެތަކުން ގަދަކަމުން ނެރެ ގެތަކުގައި ގޮވާތަކެތި ހަރުކޮށް ގެތަށް ގޮއްވަމުންނެވެ.

މި ކަން ހުއްޓުވަން އުޅުނު ފަލަސްތީނުގެ ރައްޔިތުން ތަކަކަށް ވަނީ އަނިޔާވެފައެވެ.

އިސްރާއިލުން ފަލަސްތީނުގެ ސަރަހައްދުތައް ހިފުމަކީ ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފު ކަމެކެވެ. އަދި މިއީ އެ ސަރަހައްދުގައި ދާއިމީ ސުލްހައަށް ކުރަމުންދާ މަސައްކަތަށް އޮތް އެންމެ ބޮޑު ހުރަހެވެ.

އިސްރާއިލުން ހިފާފައިވާ އިރުމަތީ ގުދުސްގައި ހިންގަމުންދާ ޖަރީމާތަކުގައި ފަލަސްތީނު މީހުންގެ 100000 ގެ ތަޅާލާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ. އެ އަދަދަށް ގެ ތަޅައިލުމުން ފަލަސްތީނުގެ ބައި މިލިޔަން މީހުން މަގުމަތިވާނެ އެވެ.

އިރުމަތީ ގުދުސްގައި ޔަހޫދީ އާބާދީތައް ހެދުން ހުއްޓައިލުމަށް ގޮވާލައި ގަރާރެއް ޔޫއެންގެ ސަލާމަތީ މަޖިލީހުން ދާދި ފަހުން ވަނީ ފާސްކޮށްފައެވެ. ނަމަވެސް އެގަރާރަށް ބޯނުލަނބާނެ ކަމަށް އިސްރާއިލުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޥިންދު

    މިޤައުމުގެ ވެރިންނަށް އެންމެ ކުޑަމިނުން މިކަން ކުށްވެރިން ކުރަންވެސް ނުކެރޭނެ. އެއީ ހަމަ އަހަރެންމެންގެ އަޚުން. ހައްދަވާ ގެންގުޅުއްވާ އިލާހް އިބަލާގުގރ ބާރުވެރިކަން އެ ނުލަފާ ޔަހޫދީންނަށް ދަޢްކަވާނދޭނވެ. އާމީން.

    20
    2
  2. ސަހު

    ތި ޖާނުން ފިދާވާ ސުވަރުގެ ހޯދަން އުޅޭ މީހުންތައް ކޮބާ؟ އެމީހުން ދޭބަލަ އެތަނައްގޮސް އިސްރާއީލް ގެ ބައިގަނޑު ގޮއްވާލަން ???

    16
    3