އީރާނުގައި ހަރަކާތްތެރިވަމުން ދިޔަ އެމެރިކާގެ ޖާސޫސީ އިދާރާ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) ގެ 17 މީހަކު އީރާނުން އަތުލައިގެންފިއެވެ.

އީރާނުގެ އިންޓަލިޖެސް މިނިސްޓްރީއާއި ހަވާލާދީ އީރާނުގެ ގައުމީ ޓީވީ އިން ބުނީ އަތުލައިގަތް ސީއައިއޭގެ މި ޖާސޫސުންގެ ތެރެއިން ބައެއް މީހުންނަށް މަރުގެ އަދަބު ވެސް ދޭން ހުކުމް ކޮށްފައިވާ ކަމަށެވެ.

އަތުލައިގަތް އެންމެން ވެސް ހަރަކާތްތެރިވަމުން ދިޔައީ އީރާނުގެ އެންމެ މުހިންމު އަދި ގައުމީ ސަލާމަތާއި ބެހޭ ސިއްރުތައް، އޭގެ ތެރޭގައި ނިއުކިލިޔާ ކަންތައްވެސް ހިމެނޭ ކުންފުނިތަކާއި ޕްރައިވެޓް ސެކްޓާގެ މުވައްޒަފުންނަށް ހެދިގެން ކަމަށް އީރާނުގެ އިންޓަލިޖެސް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އަތުލައިގަތް އެންމެންގެ އަތުން ޒަމާނީ މުއާސަލާތީ ވަސީލަތްތައްވެސް ފެނުނު ކަމަށާއި މި މީހުންނަށް އީރާނުގެ އެތެރެއިންވެސް އެހީތެރިކަން ލިބުނު ކަމަށް އީރާނުގެ މީޑިއާތަކުން ބުނެއެވެ.

އީރާނުގައި ހަރަކާތަތެރިވަމުން ދިޔަ ސީއައިއޭގެ 17 މީހަކު ހައްޔަރު ކުރިއިރު އީރާނާއި އެމެރިކާގެ ގުޅުން މިހާރުވަނީ މިއިން ޒަމާނަކު ގޯސް ނުވާ މިންވަރަށް ގޯސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަހުމަދު

  ރާއްޖޭގަ ވެސް އުޅޭ ސީއައިއޭ އަށް ޖާސޫސު ކޮށްދޭ މީހުން! ދޮންމީހުން!

  41
  2
 2. އަހުމަދު

  އެންމެ ގިނައީ އިންޑިޔާގެ ރޯ ގެ އެޖެންޓްއިން އެކި ނަންނަމުގައި އުޅެނީ އޭގެ ތެރޭގައި ދިވެހި ނޫސްވެރިން ވެސް އުޅޭ އިންޑިޔަން އެންބަސީން ޚަރަދު ކުރަނީ އަދި ޓީޗަރުން ނަރުހުން . އަދި ޕްރޮޖެކްޓް ހިންގުމުގެ ނަމުގައި އުޅޭ މީހުންވެސް އެބައުޅޭ....

  45
  3
 3. އަލީ

  އެމެރިކާ އިންޑިއާ އިޒްރެއިލް އަށް މަދަދުދޭ މީހުން މަރަންވީ.

  31
  2
 4. ވިނޯލް

  ސީއެންއެމްގައި އުޅޭ މަހްލޫފާ މިސްބާހާ ،ޝަހިންދާޔާ އެމްސީ ހަމީދާ
  މީމުޅިންވެސް އިންޑިޔާއަށް ޖާސޫސްކޮށްދޭ މީހުން. މިމީހުން ހިފާ ހައްޔަރު ކުރާނީ ކޮންބަޔަކު

  28