އިންޑިއާއިން ހަނދަށް ފޮނުވާ "ޗާންދުރަޔާން 2" ގެ ނަމުން ނަންދީފައިވާ އުޅަނދު ހަނދަށް ދާން މީގެ ކުޑައިރުކޮޅެއް ކުރިން އުދުއްސާލައިފިއެވެ.

އިންޑިއާގެ ޝްރީހަރިކޯޓާއިން މީގެ ކުޑައިރުކޮޅެއް ކުރިން އުދުއްސާލި އުޅަނދު މިހާރު ވަނީ ދުނިޔޭގެ އޮރްބިޓަށް ވަދެފައެވެ. މިއީ އިންޑިއާއިން ހަނދަށް ދާން ދެކެމުން އައި ހުވަފެނަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.

މި އުޅަނދު އުދުއްސާލީތާ އިރުކޮޅެއް ފަހުން އިންޑިއާގެ ބޮޑު ވަޒީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ސައިންސާއި ޓެކްނޮލޮޖީގެ ގޮތުން އިންޑިއާއަށް ތާރީހީ ދުވަހެއް ކަމަށެވެ. އަދި ކޮންމެ އިންޑިއާގެ ރައްޔިތަކު މިކަމަށް ފަހުރުވެރިވާނެ ކަމަށެވެ.

މި އުޅަނދު ދިގު ރާސްތާއަކަށް ފަހު ޖައްސާނެ ކަމަށް ބެލެވިފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

ޗާންދުރަޔާން 2 ގެ މަސައްކަތަކަށް ވާނީ ހަނދުގެ މަތީ ފަށަލާގައި ހުރި ފެނާ މިނަރަލާއި ގަލުގެ ސާމްޕަލްތަކުން މައުލޫމާތު ހޯދައި އެއްކުރުމެވެ.

ހަނދުގައި ހަރަކާތްތެރިވާ މި އުޅަނދު 14 ދުވަސް ވަންދެން ހަނދުގައި މައުލޫމާތު އެއްކުރުމުގައި ހަރަކާތްތެރި ވާނެ އެވެ.

އިންޑިއާއިން މީގެ ކުރިން 2008 ގައި "ޗާންދުރަޔާާން 1" ޖައްވަށް ފޮނުވި ނަމަވެސް އެ އުޅަނދު ހަނދުގައި ބަނދަރުކޮށްފައެއް ނުވެއެވެ.

ދުނިޔޭ ގައުމުތަކުގެ ތެރެއިން ހަތަރު ވަނައަށް ހަނދަށް އުޅަނދެއް ބަނދަރު ކުރުވި ގައުމުގެ ލަގަބު އިންޑިއާގެ މި ދަތުރު ކާމިޔާބުވެއްޖެ ލިބޭނެއެވެ.

ޖަޕާން ,ޗައިނާ އާއި އިންޑިއާ އިން ވެސް ޖައްވީ ޕްރޮގްރާމްތައް ފުޅާކުރަމުން އަންނަ އިރު ނާސާ އާއި އެ ނޫން ވެސް ޖައްވީ އިދާރާތަކުން އަންނަނީ 2030ގެ އަހަރުތައް އަންނަންވާ އިރަށް މާސް އަށް އެސްޓްރޮނޯޓުން ފޮނުވަން ބުރަކޮށް މަސައްކަތްކުރަމުންނެވެ.

ހަނދަށް ދިއުމުގެ ގާބިލުކަން ލިބިފައި ހުއްޓަސް ކުރަންޖެހޭ ހަރަދާއި އަޅާ ބަލާ އިރު އިންސާނުން ހަނދަށް ފޮނުވުމަކީ ހަގީގަތުގައިވެސް ބޭކާރު ކަމެކެވެ. ސަބަބަކީ އިންސާނުންގެ ފުރާނަ ގުރުބާން ނުކޮށްވެސް މިހާރު ހަނދުގެ ދިރާސާތަށް ކުރެވެން އޮތުމެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ގުއިދުއްކާޅު

    ؟؟

    12
    1
  2. ލޮލް

    ތި ދާނީ އިރަށް ތޯއްޗެއް..!

    19
    1
  3. ހުސޭނުބޭ

    ހަނދޫގައި ތިބޭ މީހުންނަށް ފާޚާނާ ހަދާދެން އެންމެ ފުރަތަމަ ދިރާސާކޮށްބަލަ!

    22
    1
  4. އަހަރެން

    އަންނިވެސް ގޮވާގެން ދޭބަލަ..

    10
    1
  5. ނ

    ކޮބާ ކޮންތާކަށް ވެއްޓުނީ...؟

  6. ގަމާރުމޯލްޑިވިއަންއަ

    ޖާހިލު ތުބުއްޅާ މެން ކީކޭ ބުނަނީ

    8
    7
  7. ބަކުރުުބެ

    ކުދިންނޭ މޯދީ ގެންދިޔަތަަ ހަަމަގައިމު ގެރިޖޯޑެއް ގެންދިޔަ

  8. ވޮއިސް

    ކުދިންނޭ! މިނާ އަނެއްކާ ނުބުނޭތަ ވަކިހިސާބަކަށް ގޮސްފައި ހަނދުގައި ވާޖަހާ ދަމާ ކައިރިކޮށްލާށެކޭ! ކަކަކަ އެހެންމިބުނީ މީނާ ބުނިވިއްޔާ ވިއްސާރައިރު ހަނގުރާމަމަތީ އިންޑިޔާ ބޯޓްތައް ޕާކިސްތާނުގެ ރާޑަރަކަށް ނާރާނޭ. ގަޅިކަންދޯ.