އިންޑިއާގެ ޕަންޖާބު ސްޓޭޓުގެ ސަރުކާރުން އެސްޓޭޓުގެ އަންހެން ކުދިނަށް ނާސަރީން ފެށިގެން ގޮސް ޕީއެޗްޑީއަށް މުޅިން ހިލޭ ކިޔެވޭނެ ގޮތް ހަނދައިފިއެވެ.

ޕަންޖާބު ސަރުކާރުން ވަނީ އެ ސްޓޭޓުގެ ސަރުކާރުގެ ހުރިހާ ސްކޫލުތަކާއި ކޮލެޖުތަކުން މިހާރު އަންހެން ކުދިންނަށް ޕީއެޗްޑީ އާއި ހަމައަށް ހިލޭ ކިޔެވޭނެ ގޮތް ހަދައި ހިލޭ ޓެކްސްޓް ފޮތްވެސް ދޭން ނިންމައިފިއެވެ.

މީގެއިތުރުން ފޮތްތައް ހިލޭ ޑައުންލޯޑްވެސް ކުރެވޭނެ ގޮތް މިހާރުވަނީ ހަނދާފައެވެ.

ޕަންޖާބުގެ ސަރުކާރުން މިހާރު ވަނީ 13000 ސްކޫލަކަށާއި 48 ކޮލެޖަކަށް ހިލޭ ވައިފައި ވެސް ގުޅާ ދީފައެވެ.

2011 ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޕަންޖާބުގެ ލިޔަން ކިޔަން ދަންނަ މީހުންގެ ނިސްބަތް އުޅެނީ 75 އިންސައްތައިގައެވެ.

އިންޑިއާއަކީ ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގްތިސާދު ނަމަވެސް، ފާއިތުވީ ދެއަހަރު އިންޑިއާއަށް ކުރިމަތިވި ހަނަފަސްކަމާއި، އިތުރުވަމުން އަންނަ ޒުވާން އާބާދީއަށް ބޭނުންވާ ވަޒީފާތައް ނުއުފެއްދުމުގެ ސަބަބުން އިންޑިއާއަށް ބޮޑެތި މައްސަލަތައް ކުރިމަތިވެފައި ވެއެވެ.

އޭގެ އަސަރު ރަށްފުށުގެ އެތައް މިލިއަން ބަޔަކަށް ކޮށްފައިވެއެވެ. ނަތީޖާއަކަށް ވެގެންގޮސްފައިވަނީ، ފާއިތުވީ ދުވަސްތަކުގައި ރައްޔިތުންގެ ނުރުހުމާއި، ބޮޑެތި ހަމަނުޖެހުންތައް ހިންގުމެވެ.