އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރަކަށް ބޮރިސް ޖޯންސަން ހޮވިއްޖެއެވެ.

ބޮރިސް އެ ބޮޑު ވަޒީރު ކަމަށް ހޮވިފައިވަނީ ވޯޓް ލީ މީހުންގެ 66 އިންސައްތައިންނެވެ. ބޮރިސް އާ ވާދަކޮށްފައިވަނީ ޖެރެމީ ހަންޓެވެ. ޖެރެމީ އަށް މި އިންތިޚާބުގައި 46,656 ވޯޓް ލިބިފައިވެއެވެ.

އިނގެރޭސި ވިލާތައް ބޮޑު ވަޒީރަކު އިންތިޚާބު ކުރަން ޖެހިފައިވަނީ ބެރިކްސް ޑީލްގެ ސަބަބުން ކުރިމަތިވި ފިއްތުންތަކާއެކު އެޤައުމުގެ ކުރީގެ ބޮޑު ވަޒީރު ތެރެސާ މޭ މަޤާމުން އިސްތިޢުފާ ދިނުމުންނެވެ.

ބޮޑު ވަޒީރު ކަމުގެ މަޤާމް ޔަގީންވުމާއެކު ބޮރިސް ވިދާޅުވީ އޭނާގެ ވެރިކަމުުގައި ބަލާނީ، އެންމެން އެއްކޮށް، ޤައުމުތަރައްޤީ ކުރެވޭތޯ ކަމަށެވެ. އަދި އިދިކޮޅު ފިކުރުގެ ފަރާތްތަކާއެކު އެއްގަލަކަށް އަރާ ތަރައްޤީގެ ރޮގުގައި ޤައުމު ކުރިޔަށް ގެންދަވާނެ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބޮރިސް އަކީ އިނގިރޭސި ވިލާތުގައި މަޝްހޫރު ތާރީޚް ލިޔުއްވާ އުޅުއްވި ބޭފުޅެކެވެ. މީގެ އިތުރުން، ނޫސްވެރިއެއްގެ ގޮތުގައިވެސް ގިނަ ދުވަސްތަކެއް އެމަނިކުފާނުވަނީ ހޭދަކުރައްވާފައެވެ. އުުމުރުން 55 އަހަރުގެ ބޮރިސް ވަނީ ލަންޑަންގެ މޭޔަރުކަންވެސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ބޮރިސް އެ ބޮޑު ވަޒީރު ކަމަށް ހޮވިފައިވަނީ ވޯޓް ލީ މީހުންގެ 66 އިންސައްތައިންނެވެ. ބޮރިސް އާ ވާދަކޮށްފައިވަނީ ޖެރެމީ ހަންޓެވެ. ޖެރެމީ އަށް މި އިންތިޚާބުގައި 46,656 ވޯޓް ލިބިފައިވެއެވެ............
    ޖުމްލަ 112 އިންސައްތަ ވޯޓު ގުނާފައި ތިއޮތީ! އެހެންވިއްޔާ ތިއޮތީ ވޯޓުން ވައްކަންކޮށްފައި!

    4
    1
  2. ކަލޯ

    އަނަދާ ޓުރަންޕް

  3. ބޮނބި

    މަ ހީކުރީ ޓުރަންޕް ކަމަށް އިސްތަށިގަނޑު ފެނިފަ...?