އިންޑިއާ އިން ހަނދަށް ފޮނުވާ ޖައްވީ އުޅަނދު "ޗަންދުރަޔާން 2" ކާމިޔާބުކަމާ އެކު މިދިޔަ ހޯމަ ދުވަހު އުދުއްސާލައިފައިވާއިރު އެތައް ބައެއްގެ ހިތްތަކުގައި ދެން އުފެދިފައިވާ ސުވާލަކީ އިންޑިއާގެ ސްޕޭސް އެޖެންސީ، އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން އިސްރޯގެ ކުރިއަށް އޮތް މިޝަން އަކީ ކޮބާ ކަމެވެ.

އެގޮތުން އިންޑިއަން އިސްރޯއިން މިހާރު ދަނީ ސޫރުދަ ނިޒާމު ސޯލަރ ސިސްޓަމް ގައި ހިމެނޭ އެންމެ އުޖާލާ ފަސް ގުރަހައިގެ ތެރެއިން ޒުހުރަތު ނުވަތަ ވީނަސްއަަށް އަންނަ އަހަރު އުޅަނދެއް ފޮނުވަން ތައްޔާރުވަމުންނެވެ.

"ސުކުރަޔާން" ނަމަކަށް ކިޔާ މި އުޅަނދު އަންނަ އަހަރު ވީނަސްގެ އޯބިޓަށް ފޮނުވުމަށް މިހާރު ދަނީ ތައްޔާރު ވަމުންނެވެ. މި އުޅަނދުގެ މަގުސަދަކީ ވީނަސްގެ ބޭރު ފަށަލަ ތަހުލީލު ކުރުމެވެ.

އިންޑިއާގެ ފުރަތަމަ ހަނދު ތަހުލީލު ކުރުމުގެ މިޝަން ކުރިއަށް ގެންދިޔައީ 2008 ގަ އެވެ. 2008 ވަނަ އަހަރު ޗަންދުރަޔާން-1 ގެ ހަނދުގައި ނުޖެއްސި ނަމަވެސް ރާޑަރު ބޭނުންކޮށްގެން ހަނދުގައި ފެންހުރިތޯ ބަލާފައިވެ އެވެ.

އިންޑިއާގެ މޫން މިޝަންގައި ގާތްގަނޑަކަށް 1،000 އިންޖިނޭރުންނާއި ސައިންސްވެރިން ބައިވެރިވެ އެވެ. އެކަމަކު އިސްރޯއިން މި ފަހަރު ވަނީ މިޝަން ލީޑް ކުރަން އަންހެނުން ހަމަޖަސައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ގެރިއެއް ފޮނުވާ ވީނަސްއަށް.

    14
    3
  2. ސޮނިފުހެ

    ގެރިމޯދީ ހަދައް ފޮނުވަން ވީ

    1
    1