އިނގިރޭސި ވިލާތަށް އުދުހޭ ހިނީގެ ބިޔަ ތޫފާނެއް އައިސްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ތޫފާނުގެ ބިޔަ ކަމުން ސެޓެލައިޓް ފޮޓޯ ތަކަށް ވެސް ވަނީ އަރާފައެވެ.

މި އުދުހޭ ހިނީގެ ތޫފާނުގެ އަސަރު ކުރިއަށް އޮތް ހަފްތާތަކުގައި އިނގިރޭސިވިލާތުގެ އެކި ހިސާބުތަކަށް ކުރާނެ ކަމަށް އެގައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

މިއީ ކޮންމެ އަހަރެއްގެ އޮފް ސްޕްރިންގާއި ދިމާކޮށް ކުރިމަތިވާ ކަމެއް ނަމަވެސް މިއީ މިއަހަރު މިކަން ކުރިމަތިވި އެންމެ ބޮޑު ފަހަރެވެ.

އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި އާންމު ދިރިއުޅުމަށް އުދަގޫވާ ވަރަށް މި ތޫފާނުގެ އަސަރު ކުރާނެއެވެ.

އިނގިރޭސިވިލާތަށް ހިނީގެ ތޫފާނެއް އައިސްފައިވާއިރު މިދިޔަ މަހު ފްރާންސްއަށް މެހީގެ ބިޔަ ތޫފާނެއް އައިސްފައެވެ.

މިއީ މުއޫސުމަށް އަންނަ ބަދަލު ތަކުގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ސައިންވެރިން މީގެ ކުރިން ވަނީ ބުނެފައެވެ.