އިންޑިއާގެ ޗަންދިގުރާހްގެ ސޮނިޕަތުގައި ސްކޫލު ކުއްޖަކަށް މަސްތުވާތަކެތި ދީ ރޭޕް ކޮށްލައިފިއެވެ.

ސޮނިޕަތްގެ ފުލުހުނާއި ހަވާލާދީ ރިޕޯޓްތަށް ބުނާ ގޮތުން ގްރޭޑް 12 ގެ މި ދަރިވަރު ރޭޕް ކޮށްލާފައިވަނީ މި އަންހެން ކުއްޖާ ރައްޓެހި ވެގެން އުޅޭ ފިރިހެން ކުއްޖާ އަދި އޭނާގެ ރައްޓެހިން އެއްބައިވެގެންނެވެ.

މި މީހުން ވަނީ މި އަންހެން ކުއްޖާއަށް އޮޅުވާލައިގެން މީހުން ދިރިނޫޅޭ ތަނަކަށް ގެންގޮސް މަސްތުވާތަކެތި ދީ ރޭޕްކޮށްލާފައެވެ.

މި މައްސަލަ އިންޑިއާގެ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާއިރު ފުލުހުން ވަނީ ޑީއެންއޭ ހެކި ހޯދާފައެވެ. ފުލުހުން އިތުރަށް ބުނީ މި ޖަރީމާ ހިންގި މީހުން ހައްޔަރު ކުރުމަށް ކޯޓް އަމުރެއް ހޯދަމުން ދާކަމަށެވެ.

އިންޑިއާގައި ރޭޕުކުރުމަކީ އާއްމުކަމަކަށްވާއިރު، ކޮންމަ ހަފްތާއަކުވެސް އެފަދަ ހިތްދަތި ވާހަކަތަކެއް ދަނީ އިވެމުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، އެޤައުމުގައި ކޮންމެ ދުވަހަކުވެސް މިފަދަ ޢަމަލެއް ހިނގާއިރު، މިފަދަ އެތައް ޢަމަލެއް، ރިޕޯޓު ނުކޮށްވެސް ހުރެއެވެ.

އިންޑިއާގައި ކުޑަކުދިން ރޭޕްކުރުމުގެ މައްސަލަތައް ވަނީ އިންތިހާ އަށް ބޮޑުވެގެން ގޮސްފައެވެ. މިކަމާ ގުޅިގެން އިންޑިއާގެ ސަރުކާރަށް ވަނީ ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒުވެގެން ގޮސްފައެވެ.

އެގޮތުން މިފަދަ ކަންތައްތައް ހުއްޓުވަން އެކަށީގެންވާ ވަރަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމުގެ ތުހުމަތު އިންޑިއާގެ ސަރުކާރަށް ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ.