އިންޑިއާގެ ބިހާރު ސްޓޭޓަށް ހޮނުއަޅައި 32 މީހުން މަރުވެއްޖެއެވެ.

ރިޕޯޓްތަށް ބުނާ ގޮތުގައި ބިހާރު ސްޓޭޓަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހޮނުއެޅުމުގެ ސަބަބުން މަރުވި މީހުންގެ ތެރޭގައި ކުޑަ ކުދިންނާއި އަންހެނުން ވެސް ހިމެނެއެވެ.

ބިހާރުގެ މޫސުމާއި ބެހޭ އިދާރާއިން ބުނާ ގޮތުގައި ވޭތުވެ ދިޔަ 24 ގަޑިއިރުތެރޭ އެތައްހާސް ފަހަރު ބިހާރުގެ އެކި ހިސާބުތަކަށް ވަނީ ހޮނު އަޅާފައެވެ.

ގިނަ މީހުން މަރުވެފައި ވަނީ ނިދާފައި ތިއްބާ ގެއަށް ހޮނުއެޅުމުން ކަމަށް އޮފިޝަލުން ބުނެ އެވެ. މިހާދިސާގައި އެތަށް ބަޔަކު ވަނީ ޒަހަމުވެސް ވެފައެވެ.

އިންޑިއާގައި ހޮނުއެޅުމުގެ ސަބަބަން އަހަރަކު އެވްރެޖްކޮށް 3000 މީހުން މަރުވާ ކަމަށް ނޭޝަނަލް ކްރައިމްސް ރެކޯޑްސް ބިއުރޯ އިން ބުނެ އެވެ.

އިންޑިއާގެ މިޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ވައި ބާރުވެ އިތުރު ތޫފާންތައް އެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން އެކި ސްޓޭޓްތަކުން ގިނަގިނައިން ކަރަންޓް ކެނޑިދާނެ ކަމަށެވެ.

ދީނީ ޢިލްމުވެރިން ވިދާޅުވަނީ މިފަދަ ކާރިސާތައް ފަހުޒަމާނުގައި އިތުރުވާނެ ކަމަށާއި މިފަދަ ކާރިސާތައް އިތުރުވަނީ މީސްތަކުންގެ ޖާހިލުކަން ބޮޑުވުމުން ކަމަށެވެ.