އަވައްޓެރި އިންޑިއާގައި މުޒާހަރާއެއް ރޫޅާލުމުގައި އަންހެނުންތަކަކާއި މެދު ފުލުހުން އަމަލުތައް ބެހެއްޓި ގޮތުން ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އިންޑިއާގައި ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާގެ މައްސަލަތައް ހައްލު ކުރަން ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން އެކަށީގެންވާ ފިޔަވަޅުތައް އަޅަމުން ނުދާތީ އެކަން ކުށްވެރިކުރަން މާޗް މަހުގެ 23 ވަނަ ދުވަހު ނިއުދިއްލީގައި ބޭއްވި މުޒާހަރާ ރޫޅާލުމުގައި ފުލުހުން ވަނީ އަންހެނުންނަށް ޖިންސީ ގޯނާ ކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މުޒާހަރާ ކުރާ އަންހެނުންގެ ހެދުންތައް ވީދާލަން ފުލުހުންގެ ކޮމާންޑަރުން ވަނީ ފުލުހުންނަށް އިރުޝާދު ދީފައެވެ.

"ފުލުހުންގެ ކޮމާންޑަރުން ފަހަތުގައި ތިބެ އޭނާގެ ހެދުން ވީދާލާށޭ ގޮވާ ހެދި އަޑު ވެސް އިވުނު." މުޒާހަރާގެ ބައިވެރިޔަކު ބުންޏެވެ.

މުޒާހަރާގެ ބައިވެރިއެއް ކަމަށްވާ ޝީނާ ތާކްރް ބުނީ ފުލުހަކު އޭނާގެ ހެދުން ވީދާލަން މަސައްކަތް ކުރި ކަމަށާއި އިތުރު ފުލުހަކު އޭނާގެ ޖިންސީ ގުނަވަނުގައި އަތް ލާފައިވާ ކަމަށެވެ.

ދެހާހެއްހައި މީހުން ބައިވެރިވި މުޒާހަރާ ރޫޅާލުމަށްޓަކައި ފުލުހުން ވަނީ މުގުރުން ހަމަލާ ދިނުމުގެ އިތުރުން މުޒާހަރާގެ ބައިވެރިންގެ ގަޔަށް ފެން ޖަހާފައެވެ.

މުޒާހަރާގައި ގިނައިން ބައިވެރިވެފައި ވަނީ ޔުނިވަސިޓީގައި ކިޔަވަމުންދާ ދަރިވަރުންނެވެ. ގިނަ ދަރިވަރުން މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ އެމީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ފާއިތުވި ހަފްތާގައި އެމީހުންނަށް ރަނގަޅަށް ޔުނިވަސިޓީގެ ކްލާސްތަކަށް ހާޒިރު ވެވިފައި ނުވާ ކަމަށެވެ.

މުޒާހަރާގެ ތެރެއިން ގިނަ ދަރިވަރުންތަކެއް ހައްޔަރު ކުރިއިރު އެދަރިވަރުންތައް ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައި ވަނީ އަންހެން ދަރިވަރުންނާއި ފިރިހެން ދަރިވަރުން އެއް ވެހިކަލަކަށް އަރުވައިގެންނެވެ. އެވެހިކަލްތަކުގެ ޖާގަ އަށް ވުރެ އިތުރަށް މީހުން އެރުވުމުން ވެހިކަލްތަކުގެ ތެރޭގައި ވެސް އަނިޔާވި ކަމަށް ދަރިވަރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ާދޮން ހޯނު

    ޙޭބަލިވެގެން މުޒާހަރާ ކުރަންޔާ ވާނީ ތިހެން

  2. ާދޮން ހޯނު

    ޚކުލާހުތެރޭ ތިބިނަމަ ތިހެން ނުވާނެ

  3. Anonymous

    އަންހެނުން އަންހެނުންނަށް ޖިންސީ އަނިޔާ ކުރުމުން ހައިރާން ވި .. ކޮމާންޑް އެގޮތަށް ދިންނަމަވެސް އެސިކު ކޮމާންޑް އަންހެނުންތަކެއް ތަންފީޒުކުރަން އުޅުން ވެސް އަޖައިބު!

  4. އަހުމަދު

    މިއީ ޑިމޮކްރަސީ ގެ އައްޕަ ތޯ ؟ ތަނެއް ފަސާދަކުރަން މިމީހުން ރަނގަޅުވާނެ.

  5. ޖައި

    ތީ ހުސް ދޮގު

  6. މަލިކައްޑޫ

    ދިވެހިރާއްޖެ އެމީހުންގެ ދަށަށް ހިނގައްޖިއްޔާ ކިހާ ނުރައްކާވާނެ،
    މަލިކު އޮންނަީ 100 އަހަރަށް ވުރެ ވެސް ފަހަތުގައި، މުސްލިމުން ނޫން މީހުން އެތަނުގައި ވަޒަންވެރި ކުރުވައިފި.
    ކަޝްމީރުގައި، މުޒާހަރާ ކުރާ ޒުވާން ކުދިންގެ މޫނަށް އެސިޑު ޖެހުމަކީ ފުލުހުން ޢާއްމު ކޮށް ކުރާ ކަމެއް. މީޑިއާ ވެސް ކޮންޓުރޯލް ކުރަނީ އެމީހުން، ވީމާ މަދު ފަހަރަކު ނޫނީ ޚަބަރެއް ނުވޭ، އދ ގެ ގަރާރު ތަކަކަށް އިންޑީއާ އިން އަދިވެސް ޢަަލެއް ނުކުރޭ.

  7. ނަމުސާ

    ޑިކްޓޭޓަރުންގެ މިސާލީ ގައުމެއް. ނަމުގައި ދުނިޔޭގެ އެންމެ ފާޓްފުޅާ ޑިމޮކްރަސީ އަކީ އިންޑިޔާއެވެ. ތަހުޒީބާއި ތަމައްދުނުގެ ލާމަސީލު ގައުމަކީވެސް އިންޑިޔާއެވެ. އެކަމަކު އިންޑިޔާގެ މެޖޯރިޓީ މީހުން ކުޑަކަމުދަނީ މަގުމައްޗަށެވެ. ބޮޑުކަމުދަނީ ކޯރުތަކާއި ކުޅިފަދަ ތަންތަނަށެވެ. އިންޑިޔާގެ އާއްމުރައްޔިތު މީހާ ފެންވަރާހަދަނީ މިތަންތަނުންނެވެ. މިވަރު ބަޔަކު އެހެން ގައުމުތަކުގެ ކަންކަމަށް ފާޑުކިޔާއިރު ތިމާމެންގެ ނާޒުކުކަން ކުޑާކޮށްވެސް ނޭގުނީތީ ހިތާމަކޮށް ރޮއިހޭރުނީމެވެ.

  8. ކައުންސެލަރު

    ދަގްރޭޓް އިންޑިޔާގެ ރިއަލިޓީ

  9. ފްރީޑަމް މޫވްމެންޓް

    އިންޑިއާ ގައި އަމލުކުރާ ގޮތަށް ދިވެހިރާއްޖޭގައި އަމަލު ކުރާކަށް ނުޖެހޭ. އާދަމް ނަވާޒް ގެ މިލިޔުމުން ބުނެދޭން ތިޔައުޅޭނީ ދިވެހި ޕޮލިހުން މުޒާހަރާ ކުރާމީހުނާ މެދުކަންކަން ކުރަނީ ރަގަޅަށޭ