ސީރިއާގެ ދާހިލީ ހަނގުރާމައިގައި އެތައް ހާސް ކުދިންނެއް މަރުވެގެން ހިނގައްޖެއެވެ. އެތައް ހާސް ކުދިންނެއްގެ މައިންބަފައިން މަރުވެ، އެތައް ހާސް ކުދިންނެއް ޔަތީމު ވެގެން ހިނގައްޖެއެވެ. ނަމަވެސް އަދިވެސް ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައަށް ނިމުމެއް ނާދެއެވެ.

އިއްޔެ އެތައް ބައެއްގެ ސަމާލުކަމަށް އައީ ބޮމުގެ ހަމަލާއެއްގައި ސުންނާފަތިވެފައި އޮތް އިމާރާތެއްގެ ދަށުން ކޮއްކޮ ސަލާމަތް ކުރަން އުމުރުން އެންމެ ފަސް އަހަރުގެ އަންހެން ކުއްޖަކު މަސައްކުރާ މަންޒަރު ފެންނަ ފޮޓޯ އަކަށެވެ.

ސީރިއާގެ އިދްލީބްގައި ރިހާމް ނަމަކަށް ކިޔާ އަންހެން ކުއްޖަކު އޭނާގެ ކޮއްކޮ ސަލާމަތް ކުރަން މަސައްކަތް ކުރީ އެމީހުން ދިރިއުޅެމުން ދިޔަ އިމާރާތައް ސީރިއާ ސަރުކާރު ސިފައިން ބޮން އެޅުމުން އެއިމާރާތް ސުންނާފަތިވެ، އިމާރާތުން ވެއްޓުނު ގާތަކުގެ ދަށުގައި ކޮއްކޮ ތާށިވުމުންނެވެ.

ރިހާމް އޭނާގެ ކޮއްކޮ ސަލާމަތް ކުރަން އުޅެނިކޮށް އިމާރާތުގެ މަތިން ވެއްޓުނު، އިމާރާތުގެ ބަޔަކު ޖެހި ރިހާމް ވެސް ޒަހަމް ވިއެވެ. ރިހާމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މިހާރު ވަނީ މަރުވެފައެވެ. ރިހާމްގެ ކޮއްކޮގެ ހާލު ވެސް ދެރައެވެ. އޭނާ އަށް ދަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

އިދްލީބްގައި އާއްމުން ދިރިއުޅޭ އިމާރާތަކަށް އިއްޔެ ބޮން އެޅުމުން އާއްމުންގެ ދިހަ މީހަކު ވަނީ މަރުވެފައެވެ. އިއްޔެ ސީރިއާގެ އެކި ސަރަހައްދުތަކުގައި ސަރުކާރު ސިފައިން ދިން ހަމަލާތަކުގައި މަރުވި އާއްމުންގެ އަދަދު 20 އަށް ވުރެ ގިނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސީރިއާގެ އަށް އަހަރުވީ ދާހިލީ ހަނގުރާމައިގައި މުޅި ގައުމު ސުންނާފަތިވެފައި ވާއިރު މިހާރު ވެސް އެގައުމުގެ އުތުރުގައި ވަރުގަދަ ކުރިމަތިލުންތައް ދަނީ ހިނގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހުދުހުދު

    ސީރިޔާގެ ހަބަރެއް ނޫސް ތަކުން ނުފެނޭ. ސީރިޔާގައި ކޮންމެ ދުވަހަކު އެތައް މުސްލިމުންނެއް ޝަަހީދު ކުރަމުންދާއިރު ދުނިޔޭގެ މީޑިޔާ ދެލޯމަރައިގެން. ވަގުތު ނޫސްވެރިއެއް ސީރިޔާއަށް ފޮނުވަން ފެނޭ

    29
    2
  2. ޖަހުލު

    ކަލޭމެންގެ ތެރޭގައި އިންސާނިއްޔަތު ކަން ހުންނަ ނަމަ ތިޔަހެން ތިޔަ ކަންތަކެއް ނުވީހެއްނު؟

    13
    6
  3. ޝަރީފައްތަ

    މިއީ އަސަދުގެ މައްސަލައެއް ނޫނެވެ. މިއީ އަސަދުގެ ވެރިކަން ވައްޓާލާ ސީރިޔާގައި އެމެރިކާގެ ކުޅޭކުޅޭ ގޮނޑިކޮޢްކޮ ސަރުކަރެއް ހެދުމަށް އެމެރިކާއިން ހިތްވަރުދީގެން އަސަދާދެކޮޅަށް ހަނގުރާމަފެށި އެޤަވްމުގެ ރައްޔިތުންގެ މައްސަލައެކެވެ. މުޅިދުނިޔެ ކަހާގެން ބޮޑަތި ޓެރަރިސްޓް ޖަމާޢަތްތައް ޤަވްމަށްގެނެސް އަސަދާ ދެކޮޅަށް ހަނގުރާމަފެށި ރައްޔިތުންނެވެ. އަސަދުގެ މަސައްކަތަކީ އެގޮތަށް ސަރުކާރެއް ހެދުމުގެ ފުރުޞަތު ނުދީ މިނިވަން ޤަވްމެއްގެގޮތުގައި ސީރިޔާ އޮތުމެވެ. ބައެއް ރައްޔިތން ބޭނުންވީ އެމެރިކާއަށް ހެއްލި ޤަވްމު ފަނާކުރުމެވެ. ނަތީޖާ މިދަނީ ހިތިކޮށް ފެންނަމުންނެވެ. މީގައި އަސަދަށް އެއްޗެތިގޮވުމަކީ މޮޔަކަމެކެވެ.

    27
    5
    • ....

      ރަނގަޅަށް ހަގީގަތް ބަލާފަތަ ތިހެން ތިކިޔަނީ...
      ހަނގުރާމަ ފެށެން ދިމާވީ އަސަދު ސީރިޔާގައި ތިބި މުސްލިމުންނަށް އޭނާ އަށް ސަޖިދަ ޖެހުމަށާއި ޝިއައީ ދީނަށް ވަނުމަށް މަޖްބޫރުކޮށް އެކަން ނުކޮށްފި މީހަކަށް އަނިޔާވެރިކަން ދައްކާ މަރަން ފެށުމުން...
      ވާނުވާނޭނގި ހުރެ މުސްލިމުން ބަދުނާމްކޮށް ކާފަރުންނާ އެއްކޮޅަށް ވާހަކަ ނުދެއްކުމަށް އެދެން....
      އެމއރިކާ އަދި ރަޝިޔާ އެގައުމަށް އެރީ އަދި މާފަހުން...

      11
      5
  4. Dhonkanbulo

    ސީރިޔާ މީހުން ބޭނުން ވާނީ އަހަރުމެން މުސްލިމުންގެ އެހީތެރި ކަމާ އެއްބާރުލުން
    އެމީހުން ސުންނާފަތި ވެގެން ދާއިރު އަޅުގަނޑުމެން މުސްލިމުން ތިބެންވީ ބަލަންތޯ!!!!
    މާތް ﷲ އެ މައުސޫމް ފުރާނަތަކަށް ސުވަރުގޭގެ ދާއިމީ ރަޙުމަތް ލައްވާށީ

    29
    2
  5. މުސްލިމް

    20 އެއް ނޫން އެންމެ ރަށަކުން 39 މީހުން އެދުވަހުގެ މުޅިޖުމްލަ ޝަހީދުކޮށްލި އަދަދު 54 ށް އަރާ... އަދި މިއީ ދާޚިލީ ހަނގުރާމައެކޭ ތިޔަބުނަނީ ކިހިނެއް... ކަލޭމެން އުޅޭ އެޕާޓްމަންޓަށް އިންޑިޔާގެ ބުޑިސްޓުން ވަދެ ކަލޭމެން ރޭޕްކޮށް އަދި އެކިޔާ ބުއްދާގެ ބަނދިވަރު ކިޔުއްވިޔަސް ގޭތެރޭގަ ވީ މަ ހިނގާނީ ދާޚިލީކަމެއްތާ ދޯ އެހެންވީމަ... ރަޝިޔާ ކްރިސްޓިއަނުންގެ ޖެޓުން ދިން ޙަމަލާގައި 39 މީހުން ދިޔައީ... އަދި ރަޝިޔާއިން މިކަން ދިފާޢުކުރުމަށް ބުނެފައި ވަނީ އެކަންކުރީ ސީ ރިޔާގެ މާސީޙީން(ކްރިސްޓިއަނުންގެ) ދިފާޢުގަ ކަމަށް... ނަމަވެސް އެކަމަށް ސީރިޔާގެ ކްރިސްޓިއަން ޖަމިއްޔާއިން އިންކާރު ކުރި އަދި އޭގެ ރައްދު ބަޔާން ރަޝިޔާއާދެކޮޅަށް ނެރުނު..... މިވަރުންވެސް ދާޚިލީ.... ކަލޭމެން ނުކިޔަވާތިބެ މޮޅު ވާހަކަ ދައްކަން ތިއުޅެނީ އެކަމު ގޮވަނީ އަތައް

    13
    2
    • މޮޔައެނޮނިމަސް

      ވަރަށް ކިޔަވައިގެން ދޮ ތިހިރީ

      2
      1
  6. ލީނާ

    ޝަރީފައްތަގެ ބަސް ތެދު.

    4
    3
  7. ބަދަވި

    ކޮން ދާހިލިއެއްތަ ؟ ހަނގުރާމަ ކުރަނީ މުސްލިމުންނާއި ކާފަރުން

    6
    4