ރަޝިޔާގެ އެންމެ އިސް އިދިކޮޅު ލީޑަރު އެލެކްސީ ލެވަލްނީއަށް ޒަހަރުދީ މަރާލަން އުޅެފިއެވެ.

ރަޝިއާ ރައީސް އާއި ވާދަކުރަން ކުރަން ހުރި ހަމައެކަނި ލީޑަރު އެލެކްސީ ލެވަލްނީ ގެންދަނީ 30 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

އެލެކްސީ އަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު ޑޮކްޓަރުންވެސް ވަނީ އޭނާއަށް ވިހައެއް ދީފައިވާ ކަން ކަށަވަރު ކޮށްދީފައެވެ.

އިދިކޮޅު ލީޑަރު އެލެކްސީ ލެވަލްނީގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ނެގިކަމުގެ ކުށް ސާބިތުކޮށް ފަސް އަހަރުގެ ސަސްޕެންޑެޑް ހުކުމެއް އިއްވުމާ ގުޅިގެން އޭނާ އަށް މިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ވާދައެއް ނުކުރެވުނެވެ.

އުމުރުން 42 އަހަރުގެ ނަވަލްނީ މަޝްހޫރުވެފައި ވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ. ނަވަލްނީ ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުކޮށްފައި ވަނީ ސިޔާސީ ކަންކަމުން ދުރުކުރުމަށް ކަމަށެވެ.

ސިޔާސީ ތަރިއެއްގެ ގޮތުގައި ނަވަލްނީ ވިދާލީ ރަޝިޔާ ސަރުކާރުގެ ކުންފުނިތަކުގައި ހިންގާ ކޮރަޕްޝަނުގެ މައްސަލަތައް އޭނާގެ ބްލޮގުގައި 2008 ވަނަ އަހަރުން ފެށިގެން ފަޅާ އަރުވާލަން ފެށި ފަހުންނެވެ.