މެކްސިކޯގެ މަޝްހޫރު ޑްރަގް ވިޔަފާރިވެރިޔާ ޖޮކިން ގްޒްމަން މަޝްހޫރު ނަމުންނަމަ "އެލް ޗަޕޯ" ގެ މައްޗަށް އެމެރިކާގެ ކޯޓެއްގައި އުފުލާފައިވާ ދިހަ ދައުވާ ސާބިތުވެ އޭނާ އުމުރަށް ޖަލަށް ލުމަށް މީގެ ދެ ހަފްތާ ކުރިން ހުކުމް ކުރިއިރުވެސް އޭނާގެ އަންހެނުން ހުރީ އަދިވެސް ވެކޭޝަން ތަކުގައި ލާރި ހުސްކުރުމުގައި ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.

ރިޕޯޓްތަށް ބުނާ ގޮތުގައި އެލް ޗަޕޯގެ އަންހެނުން އީމާ ކޮރޮނެލް މިހާރުވެސް ދަނީ އިސްޓަގްރާމް މެދުވެރިކޮށް އޭނާގެ ވެކޭޝަންގެ މަންޒަރު ތަކާއި ލަގްޒުއަރީ ދިރިއުޅުން އަޕްޑޭޓް ކުރަމުންނެވެ.

އެލްޗަޕޯގެ އަންހެނުން މިވަގުތު ދަނީ އިޓަލީގައި ޗުއްޓީ ހޭދަކުރަމުންނެވެ. ބައެއް މީހުން ބުނާ ގޮތުގައި އެލް ޗަޕޯ ހައްޔަރު ވެގެން ދިޔުމުގައި އޭނާގެ އަންހެނުންގެ އަތެއް ވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެލް ޗަޕޯ ޖަލުހުކުމް ތަންފީޒު ކުރާނީ އެމެރިކާގެ ކޮލަރާޑޯގަައި ހުންނަ އެކްސިމަމް ފެޑެރަލް ސުޕަމެކްސް ޖަލެއްގައި އެވެ. މި ޖަލުން އެލް ޗަޕޯއަށް ފިލުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެއެވެ.

އުމުރުން 62 އަހަރުގެ އެލްޗަޕޯގެ މައްޗަށް 10 ދައުވާއެއް ސާބިތުވިއިރު އޭގެ ތެރޭގަައި މަނީ ލޯންޓަރިން އާއި ޑްރަގް ޓްރެފިކިންގެ އިތުރުން މީހުން މެރުން ހިމެނެއެވެ. ސަލަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކާ އެކު ފެށި ޝަރީއަތް ހަތަރު މަހަށް ދިގުދެމިގެން ދިޔައެވެ.

އެލްޗަޕޯ އަކީ މެކްސިކޯގެ އެންމެ ނުރައްކާތެރި އެއް ކާޓެލް ކަމަށްވާ ސިނައޯލާ ކާޓެލްގެ ވެރިޔާ އެވެ.

އެތައް އަހަރެއް ވަންދެން އެލްޗަޕޯ ހައްޔަރު ނުކުރެވި ހުރި ހަޤީޤީ ސަބަބަކީ ރިޝްވަތު ދީގެން އޭނާ އާއި ދެކޮޅު އޮޕަރޭޝާންތައް ހުއްޓުވާފައި އޮތުމެވެ. އޭނާ ވަނީ މީގެ ކުރިން ދެފަހަރެއްގެ މަތިން ޖަލުން ފިލާފައެވެ. ފުރަތަމަ އޭނާ ޖަލުން ފިލީ 2001 ވަނަ އަހަރު އެވެ. ދެވަނަ ފަހަރަށް ޖަލުން ފިލީ 2015 ވަނަ އަހަރު އެވެ.

އަދި 2016 ވަނަ އަހަރު އޭނާ ހައްޔަރު ކޮށްގެން އެމެރިކާއަށް ގެނެވުނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުސަޅު

    އެލްޗަޕޯ އަކީ ޖަލުން ފިލުމުގަވެސް ދެވަނައެއް ނެތް މިސާލެއް..ކުރީފަހަރުތަކުގަ ޖަލުން ފިލިގޮތް ނޫސްތަކުން ފެނުނީމަ މަ ހުރީ ސޮނިވެއްޓިފަ..ރަނގަޅަށް ތަމްރީނުވެފަހުރި މާސްޓަރ މައިންޑެއްގެ ވަރިއެއްކަން ފާހަނގަކުރެވޭ..

    27
  2. Man

    Raajje gha ves ebahuri el chapo vaan ulhefa nuvefa huri meehe Eyna ves othy thikahla hukume..

    10
    1
  3. މުހަރު

    މަވެސްމީތިކަހަލަމީހެ މަވެސް 20 ފަހަރު ފިލިން

  4. ނެތީމޭ

    ސަރުކާރުގެ މާލިއްޔާ ގައި ހުރި ފައިސާ ގަނޑު ގަނޑު ނަގައިގެން ރާއްޖޭން ބޭރަށް ދަތުރު ކޮށް މަޖާ ކުރުން ނޫން ކަމެއް ނުކުރެއޭ މަމެން ބުނަން ނެތީމޭ...