އިންޑިއާގެ ކަނޑުގެ ސިފައިންނަށް ހެނދުނު ގޯހަކުން އެގައުމުން މީގެ ތިން އަހަރު ކުރިން ހިދުމަތަށް ނެރުނު އަޑު ބޮޑު ސަބްމެރިންއެއް ކަނޑުގެ އަޑިއަށް ނުގޮސް ސަލާމަތް ކުރެއްވިއްޖެއެވެ.

އިންޑިއާގެ ދަ ހިންދޫއިން ރިޕޯޓް ކުރާ ގޮތުގައި މި ހާދިސާ ހިނގީ ކަނޑުގެ އަޑިއަށް ދިޔަ ވަގުތު ސަބްމެރިންގެ ހެޗެއް ހަދާން ނެތިގެން ހުޅުވާފައި ބެހެޓުމުންނެވެ.

ހެޗް ހުޅުވާފައި ބެހެއްޓުމުގެ ސަބަބުން 2.9 ބިލިއަން ޑޮލަރުގެ ސަބްމެރިން ތެރެއަށް ވަނީ ފެން ވަދެފައެވެ. މީގެ ސަބަބު ސަބްމެރިންއަށް ވަނީ ބޮޑު ގެއްލުމެއް ލިބިފައެވެ.

މިދިޔަ ފެބްރުއަރީ މަހު އިންޑިއާއިން ޕާކިސްތާނުގެ ބަލްކޮޓް ސަރަހައްދަށް ދިން ވައިގެ ހަމަލާތަކަށް ފަހު އޭގެ ކުޑައިރުކޮޅެއް ކުރިން ގެއްލުނު ޕާކިސްތާނުގެ އަސްކަރީ ސަބްމެރިން އެއް އިންޑިއާގެ ކަނޑުގެ ސިފައިން 3 ހަފްތާވަންދެން ހޯދިކަމަށް މިދިޔަ ޖޫން މަހު އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. މި ހާދިސާ އާއި ސަބްމެރިން ގެއްލުމާއި ގުޅުމެއް ވެދާނެ ކަމަށް ބެލެވެއެވެ.