ފިރިހެނަކާއި އެކު ނޫނަސް ދަތުރު ކުރުމުގެ ހުއްދަ ސައުދީ އަަރަބިއްޔާގެ 21 އަހަރުން މަތީގެ އަންހެނުންނަށް އެގައުމުން ދީފިއެވެ.

ސައުދީ އަރަބިއްޔާގައި ޒަމާނުއްސުރެ އޮންނަ ޤަވައިދަކީ އަންހެނަކު އެއްވެސް ތަނަކަށް ދަތުރުކުރާނަމަ އެއަންހެނަކާއި ހަވާލުވެގެން މަހުރަމަކު ދަތުރު ކުރަން ޖެހޭނެއެވެ. ނަމަވެސް މިއުސޫލު މިރޭ ވަނީ އުވާލާފައެވެ.

އެހެންކަމުން މިރެއިން ފެށިގެން ސައުދީ އަރަބިއްޔާގެ އަންހެނުންނަށް އެކަނި ތަނަކަށް ދަތުރު ކުރަން ވެސް އެއްވެސް ހުރަހެއް ނޯންނާނެއެވެ.

މިއީ ފަހަކަށް އައިސް ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާން އިސްވެ ހުންނަވައިގެން އަޅުއްވާ "އިސްލާހީ ފިޔަވަޅުތަކުގެ" ދަށުން ގެނައި ބަދަލެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިން ސައުދީ އަރަބިއްޔާ އިން ވަނީ އަންހެނުން ވެހިކަލް ދުއްވުން މަނާކޮށްފައި އޮތް އޮތުމަށް ވެސް ނިމުން ގެނެސް ވެހިކަލް ދުއްވުމުގެ ލައިސަންސް އަންހެނުންނަށް ދޫކުރަން ފަށާފައެވެ.

ފަހަކަށް އައިސް ސައުދީ އަރަބިއްޔާ އިން ގެންދަނީ ޒަމާންވީ އިސްލާމީ ބައެއް އުސޫލުތައް ދޫކޮށްލަމުންނެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން އެގައުމުގައި ވަނީ ހުޅަނގުގެ މިއުޒީޝަނުން ބައިވެރިކޮށްގެން ބޮޑު ޝޯވ އެއް ވެސް ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ނަން

  އިސްލާމްދީނުގެ ޙުކުމްތައް ބަދަލު ކުރުމުގެ ބާރެއް ސައުދީއެއްކަމަކު ނޯންނާނެ....

  43
  10
 2. ރަޖުލު

  ތިޔަކުރަނީ އިސްލާހު ހެއްޔެވެ، ނުވަތަ ފަސާދަ ހެއްޔެވެ. ހަމަކަށަވަރުވެސް އެއީ ފަސާދައެވެ، އެހެނެއްކަމަކު ގިނަ އެކަން ނުދަނެއެވެ.

  47
  14
 3. ސައުދިއްޔާ

  އެސްއެސް މީހުންނަށް ވަލިޔުއްލު ޢަމްރު ކުރައްވާ ކޮންމެ ކަމެއްވެސް އޯކޭ ވަރިހަމަ، އެއަޅުއްވާ އިސްލާހީ ފިޔަވަޅުތަކަށް ބަސް ނުބުނެ ތަބައުވުން އޮތީ ބަސް ބުނުމަކީ ފަސާދަވެ ގައުމު ހަލަބޮލިވެދާނެ ކަމެއްކަމަށް އެސްއެސް ޢިލްމުވެރިން ދެކިލައްވާނީ.. ދެން ނެރޭނީ އަމިއްލަ ފަތުވާއެއް.. ސުވާލުގެ ޖަވާބަކީ ފަތުވާއެއް..

  16
  4
  • 1111

   ދަރިފުޅާ! ކިޔަމަން ގަތުން އޮތީ ﷲ އާއި ރަސޫލް ޞ އަށް އުރެދުން ނުވާހާ ހިނދަކު. ނުކިޔަމަންތެރިވުމަކީ ވެރިމީހާގެ ގަޔަށް ބޮލަށް އަރާ، އެފަރާތަށް އެއްޗެހިގޮވާ، ފަޟީހައް ކުރުންތޯ؟ ކިޔަމަން ގަންނަން ނުޖެހެނީ ﷲ އާއި ރަސޫލާ ޞަަށް އުރުދެން އެކުރެވުނު އަމުރަކަށް އެކަނި. މާނައަކީ ތިމާނެ ނަފްސަާއި ޢަމަލު ކުރަން ބުނި ކަމަކުން ދުރު ކުރުން.
   އެހެންނޫނަސް ބަޔަކު މަޖުބޫރު ކުރަނީތަ އެކަނި ދާކަށް؟ ކުރީގަ ނުކުރަން ޤާނޫނަކުން މަޖުބޫރު ކޮށްފަ އޮތްކަމެއް މިހާރު އިޚްތިޔާތަށް ދޫކުރިކަން ތަފާތަކީ. މީގެ މާނައަކީ ﷲގެ ޤަނޫން (ޝަރީޢަތް) ބަދަލްވިއޭތަ! ހެވާ ނުބައި އެއޮތީ ފާޅުވެ އެނގެން. އެބައެއްގެ ކަމެއް ހެޔޮމަގަށް ޢަމަލް ކުރުމަކީ. މިއީވެސް ﷲ މެދުވެރި ކުރައްވާ އިމްތިހާން. މަޖުބޫރުކަމެއްނެތި ދީނުގައި ސާބިތުވެވޭ މީހާއަށް ހުރީ ކާމިބު.

   2
   3
 4. އުގޫފާރު މީހާ

  ތީ ވަރަށް ދެރަކަމެއް. ގިޔާމަތަވުމުގެ ބޮޑެތި އަލާމާތް

  31
  9
 5. މުސްލިމުންގެހިޖާޒު

  ޔަހޫދީން އެދޭގޮތަށް ގައުމު އިސްލާހުކޮށް ނިމޭއިރު ރަގަޅު މީހުންނަށް ތަނުގައި ނުއުޅެވޭވަރަށް ތަން ފަސާދަ ވެދާނެ މުސްލިމުންގެ ބާރުނެތިކޮށްފައި.. ހައްގަށް ބަސްބުނުން އެއީ ކުރަން ނުކެރޭވަރުގެ ބޮޑު ނުރައްކަލެއްގެ ގޮތުގައިވެ އަދި ބަސްބުނި މީހުންނަށް ހުރަގެ.. ފަސާދަކުރާމީހުންނަށް ގަނޑުވަރު.. (ޔަހޫދީނަށް ގައުމު ދިނުމާއި އަހަރެމެން ދެކޮޅު..)

  29
  6
  • މޮޔައެނޮނިމަސް

   ކޮންމެ ކަަމަކަށް ޔަހޫދީން ބޮލަށް.ހެއްވާ ބައެއް ދޯ ކަލޭމެން ކުދިން

   9
   16
 6. އެރަބިކުސް

  ތިޔަކުރަނީ އިސްލާހު ހެއްޔެވެ، ނުވަތަ ފަސާދަ ހެއްޔެވެ. އެޖެންޑާ ނަވާރައިގެ ދަށުން ވިހި ވިއްސަށް ތިކުރަނީ ހަމަ އަސްލު ފަސާދައެވެ.
  އެހެނެއްކަމަކު ގިނަ މީހުން އެކަން ނުދަނެއެވެ.

  19
  6
  • ގަމާރުމޯލްޑިވިއަން

   މަށަށް ފެންނަނީ ރާށްޖޭގަ ތާރަފް ކުރަން ތި ސިސްޓަމް.ސައުދީ ގޮތްތަށް އެއީ އެންމެ ރަނގަޅު ގޮތް

   2
   13
 7. ކިނބޫ

  އިސްލާންދީނުގެ ހުކުމް އޭގެ ފުރިހަމަ ގޮތުގައި ހިންގަން ސައުދީއަށް ދިވެހި ހަރުކަށި ޖަމާއަތުގެ މީހުން ދާންވީނު؟

  10
  12
  • 1111

   ހަރުކަށި މީހުން އެނގޭނެ ދުވަހެެއްވެސް އެބައޮތް. ދީނުގެ ޙުކުމްތަކަަށް މީސްތަކުން ބީރައްޓެހިވެ ހައްޤު އެއީ ބާޠިލްކަމުގައިވެ ބާޠިލް އެއީ ޙައްޤުކަމުގައި ވާނެ ދުވަސް އަންނާނެ ކަމުގެ އިންޒާރު އޮތީ މާކުރިން ދީފައި. އިސްލާމް ދީނަކީ ލުއިފަސޭހަ ދީނޭކޭ ބަޔަކު ކިޔާކިޔާ ލުއިފަސޭހަ ވީވީނުންގޮސް ހައްދުން ބޭރުވާ ބަޔަކު އުޅޭކަމަކަަށް ނުވޭ!. ހަމައެކަނި ހައްދުން ބޭރުވާ ބަޔަކަށް މިވަނީ އަނެއް ކޮޅުން ބޭރުވާ މީހުންބާ! މިއީ ޅަކަށި ވުންތޯ؟

   3
   1
  • 1111

   ދީނުގެ ޚުކުމްތައް އޭގެ ފުރިހަމަ ގޮތުގައި ހިންގާ ހިސާބުން ހަރުކަށި ވަނީތޯ! ތިހެންކަމަށް ވާނަމަ ތިބުނެވެނީ އިސްލާމް ދީނަކީ ހަރުކަށި ދީނެކޭ ނޫންތޯ! ތިއުސޫލުން ވިއްޔާ އެންމެ ފުރަތަމަ ހަރުކަށި ފަރާތަކަށް ވަނީ ރަސޫލާ ޞޢޥ ނޫންތޯ!
   ކޮންމެތަނެއްގައިވެސް އުޅޭނެ ހައްދުން ބޭރުގަ އުޅޭ ބައެއް. ދީނުގައި ކަނޑައަޅަފައި އޮންނަ ހުދޫދުތައް ފަހުމްވެ ޢަމަލް ކުރެވޭ މީހުން މަދު. ކުރި އަރައިގެން ގޮސް ހައްދުފަހަމައަޅާ މީހުންނާއި ލުއިފަސެހަވެ ކަންނެތް ވެގެންގޮސް އެއިން ކަމެއް ރަނގަޅަކަށް ނުކުރެވި ހައްދު ފަހަނައަޅާމީހުން.

 8. ޕޭޕޭ

  އަމިއްލައަށް ބޭނުންގޮތަކަށް އުޅެމުން ދީނަށް ހަދައިގެން އަންހެނުން އަޅުވެތިކޮށްގެން އުޅެންއެދޭ ޖަމާއަތަށް މީތި ވަރަށް ކަޑަވާނެ

  7
  8
 9. Anonymous

  މިއީ ރަށުތެރޭ ކުރާ ދަތުރުތަކުގެ

 10. ކިޔަވާ

  މިއީ ރަށުތެރޭ ކުރާ ދަތުރުތަކުގެ ވާހަކަ ވިއްޔާ
  އެއީ ދީނުގައި ހުއްދަ ކުރައްވާފައިވާ ކަމެއް
  ރަށުން ބޭރަށް ނުދެވޭނީ މަހުރަމަކާ ނުލާ

 11. ލަލީ

  އިސްލާމްދީނުގައި އޮންނީ އަންހެނުން އެމީހުންނާ ކައިވެނި ޞައްޙާވާ ފިރިހެނުންނާއެކު ދަތުރު ނުކުރުމަށެވެ. އެހެނަސް ފަހެ މިކަމަށް އަހުރެމެންވެސް އެބަ ސަމާލުކަން ދެންހެއްޔެވެ؟ ދެން ސަޢޫދީ ވީމާ ތިޔަ އެއްޗެކޭ ކިޔާނީއެވެ.

 12. ޢިބޫރޭ

  އުފާވެރި ޙަބަރެއް