ވިޔަފާރީގެ ބޭނުންތަކަށް އާއްމުކޮށް ދިވެހިން ގޮސް އުޅޭ ތައިލެންޑްގެ ވެރިރަށް ބެންކޮކްއަށް ބޮމުގެ ހަމަލާތަކެއް ދީފިއެވެ.

ތައިލެންޑްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ބެންކޮކްގެ ތިން ސަރަަހަދެއްގައި ހަ ބޮން ގޮއްވާލާފައި ވެއެވެ. އަދި މި ހަމަލާތަކުގައި ހަތަރު މީހަކަށް ވަނީ އަނިޔާވެފައެވެ.

ބެންކޮކްގައި ބޮންތަކެއް ގޮވި އިރު، ބޭރުގެ އެކި ގައުމުތަކުން ބައިވެރިވާ އާސިއާންގެ ފޮރިން މިނިސްޓަރުންގެ ސަމިޓެއް ކުރިއަށް އެބަ ދެއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ގޮއްވާލާފައި ވަނީ ކުދި ބޮންތަކެކެވެ.

ބެންކޮކްގައި ހުންނަ ދިވެހި އެމްބަސީން ވިދާޅުވީ، ބެންކޮކްގައި ކުދި ބޮންތަކެއް ގޮއްވާލާއި ހަތަރު މީހަކަށް އަނިޔާވުމާއި ގުޅިގެން ތައިލެންޑްގެ ސަަރުކާރުން ސެކިއުރިޓީ ވަރުގަދަ ކުރަމުންދާ ކަމަށެވެ.

"އެހެންކަމުން އަޅުގަނޑުމެން އިރުޝާދު ދެން ދިވެހިން ހާއްސަ ސަމާލުަކަމެއް ދީގެން ބެންކޮކްގައި އުޅެން، އެގޮތުން މީހުން ގިނަވާ ތަންތަނަށް އެއްނުވުމަށާއި، ޕާސްޕޯޓް ހިފައިގެން ބޭރުގައި އުޅުމަށް އަންގަން". ބެންކޮކްގައި ހުންނަ ދިވެހި އެމްބަސީން ވިދާޅުވިއެވެ.

މި ހަމަލާތައް ދީފައިވަނީ ސަރުކާރުގެ އޮފީސްތައް ހުންނަ ސަރަހައްދުތަކުގައެވެ. މި ހަމަލާތަކާއި ގުޅިގެން ފުލުހުން ވަނީ އެ ސިޓީގެ ސެކިއުރިޓީ ވަރުގަދަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަދުރު

    ދެން އެތަނުގައި ހުންނަ އރމްބަސީއަށް އެކޮޅުގަ އުޅޭ ދިވެހިން ރަޖިސްޓްރީ ކުރަން އަންގާ އޭރުން ގެއްލިފަ ތިބިމީހުނާ ކޯޓުތަކުން ހޯދަންބޭނުންވާ މީހުން އަންނާނެ. ލަންކާގަވެސް ވީ އެހެނެއްނު.

  2. ބިރު

    ތުނބުޅި ބާގަ ދޯ؟

    3
    9
    • ހެހެހެ

      މުސްލިމުންނަށް ހެދިގެން އުޅޭ މުނާފިގު ޔަހޫދީ ތުބުޅި ބާގަ.

      6
      2
  3. ބެންކޮކު

    ރާއްޖެއަށް ތިއެތިފަހަރު އައުން ލަސްވެސް ވެއްޖެ

    3
    6
    • ގޭމް

      އަދި މިރާއްޖެއަށް ވެސް 'ހައްދުފަހަނައަޅާފައިވާ މުސްލިމުންގެ ނަމުގައި އަންނާނެ ވަރަށް އަވަހަށް. އެކަން ކުރާނީ ދިވެހި ސަރުކާރުގެ އެއްބާރުލުމާއި އެކު އިންޑިއާގެ އިންޓެލިޖެންސް އެޖެންސީ 'ރޯ' މެދުވެރިވެގެން.

      3
      2
  4. ސަލީމު

    ޖަންބޯ އިއްސޭމެން ގެންނަންޖެހޭ ބޭންކް އުންލޯނުނަގައިގެން ފިލައިގެން ދިޔައީ