މިއަދު ތައިލެންޑްގެ ކެޕިޓަލް ސިޓީ ބެންކޮކްގެ އެކި ސަރަހައްދަކަށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މިއަދު ބެންކޮކްގެ ހަ ތަނަކަށް ބޮމުގެ ހަމަލާތަކާއި ގުޅިގެން ޑެޕިޔުޓީ ޕްރައިމް މިނިސްޓަރ ވިދާޅުވީ، ބެންކޮކްގެ އެކި ސަރަހައްދުތަކުގައި ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި ހަމަލާގައި ހަތަރު މީހަކު ޒަހަމްވިއެވެ. ފުލުހުން ބުނީ، އެ ހަމަލަތާތަކުގައި ޒަހަމްވި ދެ ފިރިހެނަކަށް ހޮސްޕިޓަލްގައި ފަރުވާދީފައިވާއިރު، ދެން ތިބި މީހުން ގެއަށް ފޮނުވާލާފައިވާކަމަށެވެ.

މި ހަމަލާތައް އަމާޒުކޮށްފައި މި ވަނީ ބެންކޮކްގައި ބޭރުގެ އެކި ގައުމުތަކުން ބައިވެރިވާ އާސިއާންގެ ފޮރިން މިނިސްޓަރުންގެ ސަމިޓެއް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. އެ ސަމިޓް ކުރިއަށްދާ ސަރަހައްދު ކައިރިން އިއްޔެ ދެ ފޭކް ދެ ބޮން ފެނިގެން ރިޕޯޓްކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިހާރު ފުލުހުން ދަނީ މި ކަން ތަހުގީގު ކުރަމުންނެވެ. ފުލުހުން ބުނެފައިވާގޮތުގައި، ގޮއްވާލާފައި ބޮންތަކަކީ ގޭގައި ހަދާފައިވާ ބޮންތަކެއް ކަމަށް ބެލެވެއެވެ. އަދި ގޮއްވާލަން ތައްޔާރުކޮށްފައި އޮތް އިތުރު ބޮމެއް ގޮވުމުގެ ކުރިން ފުލުހުން ހޯދާފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެ ހަމަލާތަކާ ގުޅިގެން ބެންކޮކްގައި ތިބި ދިވެހިން ސަމާލުވާން އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީން ވަނީ އިލްތިމާސްކޮށްފައެވެ.

މިހާރު އެ ސިޓީގައި ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައި ވެއެވެ.