އިންޑޮނީޝިއާގެ ސުމަޓްރާއަށް ބާރުގަދަ ބިންހެލުމެއް އައުމާއި ގުޅިގެން ސުނާމީގެ އިންޒާރު ނެރެފިއެވެ.

މި ބިންހެލުން އައިސްފައި ވަނީ ސުމަޓްރާގެ ހުޅަނގުދެކުނު އައްސޭރީގެ ސަރަޙައްދަކަށް ރާއްޖެ ގަޑިން މިއަދު 17:00 ހާއިރު އެވެ.

ބިންހެލުންތައް މޮނިޓާކުރާ އިދާރާއެއް ކަމަށްވާ ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރުން ބުނެފައިވާގޮތުގައި މި ބިންހެލުން އައިސްފައިވަނީ، ސުމަޓްރާގެ ހުޅަނގުދެކުނު އައްސޭރިއަށް ރެކްޓަރ މިންގަނޑުން 6.9 ގެ ބާރުމިނުގައި ބިމުގެ 40 ކިލޯމީޓަރު އަޑިންނެވެ.

މި ބާރުގަދަ ބިންހެލުމާއެކު އިންޑޮނީޝިއަން ޖިއޯފިޒިކްސް އޭޖެންސީން މިހާރު ސުނާމީގެ އިންޒާރު ނެރެފައިވާއިރު، އެޤައުމުގެ ޑިޒާސްޓަރ މިޓިގޭޝަން ސެންޓަރުން ވަނީ، ސުނާމީގެ ރާޅުތަކުގެ ނުރައްކާ އޮތުމުން ޖާވާގައި އޮންނަ ބަންޓެންގެ އައްސޭރީގައި ދިރިއުޅޭ އާންމުން މިހާރު މިހާރަށް އުސް ސަރަޙައްދުތަކަށް ދިއުމަށް އަންގާފައެވެ.

މި ބިންހެލުމާއި ގުޅިގެން ޕެސިފިކް ސުނާމީ ވާނިންގް ސެންޓަރުން އަދި އިންޒާރެއް ނެރެފައެއް ނުވެއެވެ.

ސުމަޓްރާއަށް ބިންހެލުން އައި ވަގުތު އެ ސަރަޙައްދުގައި ދިރިއުޅޭ އާންމުން ނަގާފައިވާ ވީޑިއޯތައް މިހާރު ދައުރުވަމުންދާއިރު، ގިނައިރުތަކަކަށް ބިންހެލުމުގެ ލޮޅުންތައް ދިގުދެމިގެން ދިޔައެވެ. އެޤައުމުގެ ބައެއް ނޫސް އިދާރާތަކުން ބުނެފައިވާގޮތުގައި 30 ސިކުންތު ވަންދެން ސުމަޓްރާއަށް ބިންހެލުމުގެ ލޮޅުން އައިސްފައި ވެއެވެ. އެ އިދާރާތަކުން ބުނެފައިވާގޮތުގައި، ބިންހެލުމުގެ ބާރު ގަދަކަމުން އޭގެ ލޮޅުންތައް އިންޑޮނީޝިއާގެ ވެރިކަންކުރާ ޖަކާޓާގައި ވެސް ވަނީ އިހުސާސް ކުރެވިފައެވެ.

މި ބިންހެލުމާއި ގުޅިގެން ސުމަޓްރާއަށް ލިބުނު ގެއްލުމެއް އަދި ސާފުނުވާއިރު، މި ބިންހެލުމުގައި މީހަކަށް އަނިޔާވި ކަމެއް ނުވަތަ މަރުވިކަމުގެ ރިޕޯޓެއް ލިބިފައި ނުވެއެވެ.

ސުމަޓްރާއަށް މިއަދު އައި ބިންހެލުމާއި ގުޅިގެން ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިން ވިދާޅުވީ، މި ބިންހެލުމުގެ ނުރައްކަލެއް ރާއްޖެއަށް ނެތް ކަމަށެވެ.

އިންޑޮނީޝިއާއަކީ ނިސްބަތުން ދުނިޔޭއަށް އަންނަ އެންމެ ގިނަ ބިންހެލުން އަންނަ އެއް ސަރަޙައްދެވެ. އެޤައުމު އޮންނަ ސަރަޙައްދަކީ ކަނޑުއަޑީގެ ފަރުބަދަތަކާއި އަލިފާން ފަރުބަދަތައް ގިނަ ސަރަޙައްދެއް ކަމުން، މި ސަރަޙައްދަށް ސައިންސްވެރިން ވަނީ "ރިންގް އޮފް ފަޔާ"ގެ ނަމުން ނަންދީފައެވެ.

މިއަދު އިންޑޮނީޝިއާއަށް ބިންހެލުން އައި ސުމަޓްރާއަކީ މިހާތަނަށް ދުނިޔެ ދެކެފައިވާ އެންމެ ބާރުގަދަ އެއް ބިންހެލުންވެސް އައި ސަރަޙައްދެވެ. 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ގައި އެ ސަރަޙައްދަށް ރެކްޓަރ މިންގަނޑުން 9.1 އާއި 9.3 އާއި ދެމެދުގެ ބާރުމިނެއްގައި އައި އެ ބިންހެލުމާއި އެކު އުފެދުނު ސުނާމީގައި، ރާއްޖެ އާއި ސަރަޙައްދީ އެހެން ޤައުމުތަކުގެ މީހުން ހިމެނޭހެން 227000 އަށްވުރެ ގިނަ މީހުން މަރުވިއެވެ.


މިއަދު ސުމަޓްރާއަށް އައި ބިންހެލުމާއި ގުޅިގެން ނެރުނު ސުނާމީގެ އިންޒާރު، އިންޒާރު ނެރުނުތާ ދެގަޑިއިރު ފަހުން ވަނީ އުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ހާހާހާ ކިތައް ކޯފާ އައީމަ މިމީހުން އިސްލާހުވާނީ

    2
    26
    • ތުނިޔަ

      ފުރަތަމަ އަމިއްލަ ނަފްސު އިސްލާހުކުރަމާ!

      24
    • Anonymous

      އެއްވެސް ބަޔަކަށް ދެރައެއް ލިބުމުން އެކަމާ އުފާ ފާޅުކުރުމަކީ މިއުއްމަތުގެ ނަބިއްޔާ ނުރުއްސަވާ ކަންކަމުގެ ތެރޭގަ ހިމެނިގެންވާކަމެއް، ވީމާ މިކަހަލަ ކަންތަށް ނުކުރުމަށް ތިޔަ އެންމެ ބޭފުޅުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކުރަން.

      35
      1
      • Anonymous

        ޏުބައި ޏުލަފައި ކަޏްތަށް ކުރާމީހުޏް އެވަރު އެޏގިތިބެ އެކަޏްތައް ތަކުރާރު ކުރުމަކީ ﷲ ގެ ކުރިމަތީ ގަ ގޮޏްޖެހުޏްފަދަ ކަމެއްޏު؟ އަމިއްލަނަފުސު ކޯފާއަށް އެ ހުށަހަޅާލަނީ ﷲ އަށް ގޮޏްޖަހާފައެއްޏު؟ ކޮބާ އެހެޏް ބުޏި މހާގެ މައްސަލައަކީ؟

  2. Anonymous

    ޒަލްޒަލާތަށް ގިނަވުމަކީ ދުނިޔެ ނިމުމުގެ ޢަލާމާތެއް.

    33
    2
    • anoosh

      Thibuny thedeh

      12
      1
  3. anoosh

    Thiya bunaahen aharumen emeehunah dhimaakoh furahsaara kuranyaa aharumenah ves koafaa eh kurimathi vedhaane

    11
  4. މުހައްމަދު

    ސުނާމީ އިންޒާރު ކެންސަލް ކޮއްފި، އަޅުގަނޑު މިހުރީ ޖާވާ ގަ !