އެމެރިކާގެ ކާރުބާރު ބޮޑު މަގަކަށް މަތިންދާ ބޯޓެއް ޖައްސައިފިއެވެ.

ރިޕޯޓްތަށް ބުނާ ގޮތުގައި އެމެރިކާގެ ވެރިރަށް ވޮޝިންޓަންގެ ޕާކްލޭންޑްގެ ކާރޫބާރު ބޮޑު މަގެއްގެ މައްޗަށް މި މަތިންދާ ބޯޓް ޖައްސަން ޖެހުނީ އިންޖީނަށް ދިމާވި މައްސަލަ އަކާއި ގުޅިގެންނެވެ.

މި ހާދިސާ ހިނގި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ވަނީ މީސް މީޑިއާގައި އާންމުވެފައެވެ.

ހައިވޭ ޕެޓްރޯލް ކުރާ ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ މަތިންދާ ބޯޓު ފްރީވޭއަށް ޖައްސާފައިވަނީ އެއްވެސް މީހަކަށް އަދި އުޅަނދަކަށްވެސް ގެއްލުމެން ނުޥާނެހެން ރައްކާތެރި ކަމާއެކުއެވެ.

އެމެރިކާގައި ކުޑަ މަތިންދާ ބޯޓު ވެއްޓުމުގެ ހާދިސާ ތަކަކީ ވަރަށް އާންމު ކަމެކެވެ. އާންމުކޮށް އެމެޖެންސީ ހާލަތެއް މެދުވެރި ވެއްޖެ ނަމަ ބޯޓު ޖައްސާލަނީ ކައިރީގައި އޮތް ހައިވޭއެއްގެ މައްޗަށެވެ.

އެމެރިކާގެ ވައިގެ ދަތުރުތަކާއި ބެހޭ އިދާރާތަކުން ދަނީ މިހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ. އެގޮތުން މި ހާދިސާ ހިނގުމުގައި އެއާޕޯޓުގެ އިހުމާލެއް އޮތްތޯ ދަނީ ތަހުގީގު ކުރަމުންނެވެ.