2020 ގައި އިންޑިއާގެ އެސެމްބްލީ އިންތިޚާބާއި ކައިރިކޮށް އިންޑިއާގެ ވެރިރަށް ދިއްލީގެ ރައްޔިތުންނަށް ހިލޭ ކަރަންޓް ދޫކުރަން ދިއްލީގެ ސަރުކާރުން ނިންމައިފިއެވެ.

ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދް ކެޖްރިވާލް ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އަސާސީ ހައްގުތަކުން މަހްރޫމުވެފައިވާ އެއްވެސް މީހަކު ހުރެގެން ނުވާނެ ކަމަށާއި އެހެންކަމުން ފުރަތަމަ ދިއްލީގައި 200 ޔުނިޓާ ހަމައަށް ހިލޭ ކަރަންޓް ފޯރުކޮށް ދޭން ނިންމައިފައިވާ ކަމަށެވެ.

ދިއްލީގައި ކަރަންޓްގެ އަގު ހެޔޮކޮށް މި ދޫކުރަނީ އިލެކްޓްރިސިޓީ ރެގިއުލޭޓަރީ ކޮމިޝަނުން ކަރަންޓުގެ އަގު ހެޔޮ ކުރަން ނިންމާފައި ވަނިކޮށެވެ. ދިއްލީގައި މީހުން ދިރިއުޅޭ 5 މިލިއަން ގޭގައި ބޭނުން ކުރަނީ ޑޮމެސްޓިކް ކަރަންޓެވެ.

އިންޑިއާއިން ފަގީރުކަން ނައްތާލައި ރަނގަޅު ޚިދުމަތެއް ދޭން އިންޑިއާގެ ބޮޑުވަޒީރުކަމަށް ނަރެންދުރަ މޯދީ ވަޑައިގަތީ ކޮރަޕްޝަން ގައުމުން ނައްތާލައްވާނެ ކަމުގެ ވަރުގަދަ ޝިޢާރުތަކަކާއި ވައުދުތަކާއެކުގައެވެ. އެކަމަކު ދިރާސާތަކުން ދައްކާގޮތުގައި ކޮރަޕްޝަން ހުއްޓުމުގެ ބަދަލުގައި ފާއިތުވި ތިން އަހަރުދުވަހުގެތެރޭގައި އިންޑިއާގައި ކޮރަޕްޝަން ދަނީ އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޯދީީ

    ހެހެހެ މިތާގައިވެސް ހަމަ ތިޗަރުކޭސް، ދިވެހިން ގަޅިވެފާ ވޯޓްދިނުމުން މިހާރު އެތިބީ އަނގަޔަށް ރާކަނިމަސް އެޅިފަ!