ޓުރަންޕްގެ ހަމަލާތަށް މަޝްހޫރު އޮންލައިން ސޮޕިން ކޮންޕެނީއެއް ކަމަށްވާ އެމަޒޮންއަށް އަމާޒުވެއްޖެއެވެ.

އެމަޒޮންއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މުއްސަދި މީހާ ޖެފް ބެޒޯސް އުފެއްދި ކުންފުންޏެކެވެ. މީޑިޔާ ރިޕޯޓްތަށް ބުނާގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަންޕްގެ ހަމަލާތަށް އެމަޒޮންއަށް އަމާޒުވެފައިވަނީ އެމަޒޮންގެ ވެރިޔާ ޖެފްގެ ނޫހެއް ކަމަށްވާ ވޮޝިންޓަން ޓައިމްސްއިން ޓްރަންޕްގެ ސިޔާސަތާ ދެކޮޅަށް ޚަބަރު ފެތުރުމުގެ ސަބަބުންނެވެ.

އެމެރިކާގެ ރައީސް ޓްރަންޕާއި ކަސްބީ އަންހެނަކާއި އޮންނަ ގުޅުން ފަޅާ އަރުވާލާ އެވާހަކަތައް އެންމެ ފުރަތަމަ އާއްމުކޮށްފައިވަނީ ވޮޝިންޓަން ޕޯސްޓްއިންކަންވެސް ފާހަގަ ކުރެވެއެވެ. އަދި ޓްރަންޕްގެ ކެންޕެއިނަށް ރަޝިޔާއިން ޚަރަދު ކުރިކަމަށާއި އިތުރު ބޮޑެތި ތުހުމަތު ތަކެއް ވޮޝިންޓަން ޕޯސްޓްއިންވަނީ ޓްރަންޕްގެ މައްޗަށް ކޮށްފައެވެ.

ޓްރަންޕްވަނީ އެމަޒޮންގެ ސަބަބުން އެމެރިކާގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށް ތުހުމަތުކޮށް ޓްވީޓްކޮށްފައެވެ. މިގޮތުން ޓްރަންްޕް ބުނެފައިވަނީ ޔޫއެސް ޕޯސްޓް އޮފީހުން އެމެޒޮންއާއެކު ހަދާފައިވާ އެގްރިމެންޓްގެ ސަބަބުން ބިލިޔަން ޑޮލަރުގެ ގެއްލުން ލިބެމުންދާކަމަށެވެ.

ޓްރަންްޕްގެ މިތުހުމަތުތަކާއެކު އެމަޒޮންގެ ޝެއަރވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ. މަޝްރަޙް ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެފައިވަނީ ވަކި ކޮންޕެނީއަކަށް އަމާޒުކޮށް ޓްރަންޕް މިގޮތަށް އަމަލް ކުރުއްވުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި އެކަން ޤަބޫލު ނުކުރެވޭކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު