އެމެރިކާގައި ބަޑިން ހަމަލާދީ ގިނަ ބަޔަކު މަރާލައިފިއެވެ.

ރިޕޯޓްތަށް ބުނާގޮތުގައި ހަމަލާ ދީފައިވަނީ ބަޑި ހިފައިގެން ތިބި ބަޔަކު އެމެރިކާގެ ޓެކްސަސް ސްޓޭޓްގެ އެލް ޕަސޯ ސިޓީގެ ޝޮޕިން މޯލަކަށް ވަދެއެވެ.

މި ބަޑީގެ ހަމަލާގައި މަރުވެފައިވާ މީހުންގެ އަދަދު އަދި ސާފެއް ނުވެއެވެ. މިހަމަލާގައި އެތައް ބަޔަކު ޒަހަމްވެސް ވިއެވެ.

މި ހަމަލާ އާއި ގުޅިގެން ތުހުމަތު ކުރެވޭ ތިން މީހަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް ބައެއް ނޫސްތަކުން ބުނާ ގޮތުގައި ހަމަލާދިން މީހުން ހައްޔަރު ނުވެ އަދިވެސް ތިބީ ދޫވެފައެވެ.

މިކަމާއި ގުޅިގެން ފުލުހުން ދަނީ ބަޑީގެ ހަމަލާދިން ސަރަހައްދާއި ކައިރިނުވުމަށް އާމުންގެ ކިބައިން އެދެމުންނެވެ.

މި ހަމަލާއާއި ގުޅިގެން ފުލުހުން މިހާރު ދަނީ ބަލާ ފާސް ކުރުމުގެ އޮޕަރޭޝަނެއް ހިންގަމުންނެވެ.

މިއީ މިދިޔަ ދެ ހަފްތާ ތެރޭ އެމެރިކާ ގައި ދިން މިފަދަ ތިން ވަނަ ހަމަލާއެވެ.

މިދިޔައާދިއްތަ ދުވަހު އެމެރިކާގެ ނިއުޔޯކު ސިޓީގައި މީހުން އެއްވެ ތިބި ޕާޓީއަކަށް އަމާޒު ކޮށް ދިން ބަޑީގެ ހަމަލާއެއްގައި އެކަކު މަރުވެ އެތަށް ބަޔަކު ޒަހަމުވިއެވެ. އަދި އޭގެ ފަހުން ކެލިފޯނިއާގައި ވެސް ވަނީ މީހުން އެއްވެފައި ހުރި ސަރަހައްދަކަށް ބަޑީގެ ހަމަލާތަކެއް ދީފައެވެ.

އެމެރިކާގައި ފަހަކަށް އައިސް ދެވޭ ބަޑީގެ ހަމަލާތަށް ދަނީ އިތުރުވަމުންނެވެ. އެމެރިކާގައި މިހާރުގެ ގާނޫނު އޮންނަ ގޮތުން އެމެރިކާގެ ހަމަ ކޮންމެ މީހަކަށްވެސް ބަޑި ރަޖިސްޓްރީ ކޮށްގެން ގެންގުޅެވިދާނެ އެވެ.

އެމެރިކާގައި އާންމުންނަށް ހަތިޔާރު ވިއްކުން އެއްކޮށް ހުއްޓާލުމަށް އެތައް ބަޔަކު އަންނަނީ ގޮވަމުންނެވެ. ނަމަވެސް އެމެރިކާ ސަރުކާރުން ހަތިޔާރު ވިއްކުން ހުއްޓުވުމަށް ތާއީދު ނުކުރާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ދދދދދދ

  އެެެމެރިކާ، އިންޑިއާ، އިނގިރޭސިވިލާތް މިތަންތާ ހިނގާ ތިކަހަލަ ކަންތައް ބްރޭކިން އަށް ވާން ޖެހޭ ސަބަބެެއް ނެތް. އެއީ ކޮންމެ ދުވަހަކު ހިނގާ އާންމު ކަންތައް.

  43
  3
 2. ބޯކިބާ

  ގޫގްލްބަލާފާހެއް، އޭގެ މާނައަކީ ގޫގްލް ސާޗެއް. އޭލިއަން ސާޗް އެއީ އޭލިއަންބަލާފާސް.

 3. ޖހގ

  އެއި މުސްލިމެއް ނަމަ ޓެރަރިސްޓެއް. ޔަހޫދީއެއްނަމަ ބޯ ގޯސް މީހެއް

  10
  1
 4. މޯހަން

  އިސްރާއީލުން ފަލްސްޠީނުގައި ހިންގާ ލޭއޮހޮރުވުންތަށް ބްރޭކިންގް ނުކޮށް ތި ޚަބަރު ބްރޭކިންގް ކުރީމަ ވަރަށް ދެރް

 5. ޙަސަނު

  ފިލި މައިބަދަ ޖެޒުއިޓް ކަލޭގެ އެ ބުނާ ދޮން މީހުން އުޅޭ ގޮތް

  2
  1
 6. ކަލޯ

  އޭ.ކޭ.އެމް އަކުން 9 ކިލް ދޯ!

 7. ޕޮއް

  ތީ އެމެރިކާ ރައްޔިތުން އަތުން ބަޑި އަތުލަން އެލީޓުން ޖައްސައިގެން އުޅޭ ގޭމް އެއް.