އެމެރިކާގެ ގްލާސޯ އެއާޕޯޓުން ނިއުޖާޒީއަށް ދަތުރު ކުރަން އޮތް މަތިންދާ ބޯޓެއްގެ ދެ ޕައިލެޓުން މަސްތުގެ ހާލަތުގައި ތިބުމުން ހައްޔަރު ކޮށްފިއެވެ.

އުމުރުން 61 އަހަރާއި 42 އަހަރުގެ މި ދެ ޕައިލެޓުން ހައްޔަރުކުރީ ގްލާސޯ އެއާޕޯޓުގައި ފުރުމުގެ ކުރިން ހެދި ބްރީތިން ޓެސްޓަކުން ފެއިލް ވުމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޔުނައިޓެޑް އެއާލައިންސްއަށް ނިސްބަތްވާ މި ދެ ޕައިލެޓުން މިހާރު ވަނީ މަސްތުގެ ހާލުގައި މަތިންދާ ބޯޓަކަށް އަރަން އުޅުމުގެ ކުށުގައި ހައްޔަރު ކޮށްފައެވެ.

މަސްތުގެ ހާލަތުގައި މި ދެ ޕައިލެޓުން މަތިންދާ ބޯޓް ދުއްވި ނަމަ ނުރައްކާތެރި ހާދިސާ އެއް ހިގައިފާނެއެވެ. އުމުރުން ދުވަސްވީ މި ދެޕައިލެޓުން ކޮންމެ މީހަކު ވަކިވަކިން އަންނަ ހަފްތާގައި ޝަރީއަތް ފެށުމަށް މިހާރު ދަނީ ތައްޔާރު ވަމުންނެވެ. ބައެއް ނޫސްތައް ބުނާ ގޮތުގައި މި ދެ ޕައިލެޓުންނަށް 10 މަހުގެ ޖަލު ހުކުމެއް އައުން ގާތެވެ.

ފުރަން ތައްޔާރުވެފައި އޮތް މަތިންދާ ބޯޓުން ދެ ޕައިލެޓުން ހައްޔަރު ކުރުމާއި ގުޅިގެން އެތައް ބައެއްގެ ދަތުރު ކެންސަލް ވިއެވެ.